ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 18:28
އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު އަންހެނުން ފަރިވަޅު އެރުވުން
އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު އަންހެނުން ފަރިވަޅު އެރުވުން
ޓްވިޓަރ
ފަރިވަޅު
ކުޅުދުއްފުށީ އަންހެނުންގެ ފަރި ހަރަކާތްތަކާއިއެކު މަހާޖައްރާފަށް ފަރިވަޅު އަރުވައިފި
 
ކުޅި ހިއްކުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުން
 
އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޯމަދުވަހު އެރަށަށް ވަޑައިގަންނަވާނެ
 
މަހާ ޖައްރާފަށް ފަރިވަޅު އެރުވީ އެންމެ ދިވެހި ސަގާފީ ގޮތަށް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށުގެ ކުޅި ހިއްކުމަށް ގޮސްފައިވާ އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު އަންހެނުންގެ ފަރާތުން ފަރިވަޅެއް އަރުވައިފިއެެވެ.

އާދިއްތަ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި މަހާޖައްރާފުގެ ފަޅުވެރިންނަށާއި އޭގައި މަސައްކަތްކުރާ މީހުންނަށް ކުޅުދުއްފުށީގެ އަންހެނުން ވަނީ ފަރިވަޅު އަރުވާފަ އެވެ. ފަރިވަޅު އެރުވުމުގައި އެ ރަށުގެ 500 އެއްހާ އަންހެނުން ބައިވެރިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ހުރިހާ އަންހެންވެރިންނަށް އާއްމުކޮށް ހުޅުވާލިއެވެ. މިހަރަކާތް ކުރިއަށް ގެންދިޔައީ އެރަށު ޕީޕީއެމް މެމްބަރުން އިސްނަގައިގެންނެވެ.

 

މަހާ ޖައްރާފަށް ފަރިވަޅު އެރުވީ އެންމެ ދިވެހި ސަގާފީ ގޮތަށެވެ. އެގޮތުން ފަރިވަޅު ހިފައިގެންދިޔަ އަންހެންވެރިން ތިބީ ދިވެހި ސަގާފީ ހެދުން ދިވެހި ލިބާހުގައެވެ.


އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޯމަދުވަހު އެރަށަށް ވަޑައިގަންނަވާނެ އެވެ. އަދި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ "އުދުއްސާލުން" ވެސް އެރަށުގައި ހޯމަ ދުވަހުގެރޭ އޮންނާނެ އެވެ. 

 

ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީން ބަނދެފައިވާ މި މަހާ ޖައްރާފަކީ ދިގުމިނުގައި 90 މީޓަރު ހުންނަ އުޅަނދެކެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

 

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާ ޖައްރާފު ހދ. ކުޅުދުއްފުށީގައި ބަނދަރުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ.މި މަހާ ޖައްރާފަކީ 555 މިލިއަން ރުފިޔާ (36 މިލިއަން ޑޮލަރު) އަށް ބަނދެފައިވާ އުޅަނދެކެވެ.

އެއާޕޯޓު އެޅުމަށް މަހާޖައްރާފުން އެ ރަށު ކުޅިން 30 ޕަސަންޓު ހިއްކަން ވަނީ ނިންމާފަ އެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ ކުޅި ހިއްކުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
20%
0%
10%
10%
60%
ކޮމެންޓް