ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 19:52
މޮޑްރިޗް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މޮޑްރިޗް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ފީފާ
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ޕްލޭއޮފް: ކްރޮއޭޝިއާ އަދި ސްވިޓްޒަލޭންޑް ކޮލިފައިވުމާ ގާތަށް
 
ނޮދާން އަޔަލޭންޑް ވަނީ 1-0 އިން ސްވިޓްޒަލޭންޑް އަތުން ބަލިވެފައި
 
ކްރޮއޭޝިއާ ވަނީ 4-1 އިން ގްރީސް ބަލިކޮށްފައި

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުތައް ކާމިޔާބުކޮށް ކްރޮއޭޝިއާ އާއި ސްވިޓްޒަލޭންޑް ވޯލްޑް ކަޕުގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭ އޮފްގައި ކްރޮއޭޝިއާއިން ވަނީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ގްރީސް 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ. އޭގެ ހަ މިނެޓު ފަހުން ނިކޮލައި ކަލިނިޗް ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ކްރޮއޭޝިއާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ 30 ވަނަ މިނެޓުގައި ގްރީސްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ސޮކްރެޓީސްއެވެ.  މި ލަނޑު ޖެހިތާ ތިން މިނެޓް ނުވަނީސް އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާގެ ދެ ލަނޑުގެ ލީޑު އަލުން އަނބުރާ އެ ޓީމަށް ހޯދައިދީފައެވެ.

ފުރަތަމަ ހާފު 3-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އަންދަރޭ ކްރަމަރިޗް ވަނީ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ކްރޮއޭޝިއާއަށް ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުށް ވަރަށް ބޮޑަށް މަގުފަހިވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޓްޒަލޭންޑުން ވަނީ 1-0 ގެ ނަތީޖާއަކުން ނޮދާން އަޔަލޭންޑް ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހައި ދިނީ ޑިފެންޑާ ރިކާޑޯ ރޮޑްރިގޭޒްއެވެ.  

ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރޮއޭޝިއާ، ގްރީސްއާ ދެކޮޅަށް ނުކުންނައިރު އަމިއްލަ ގައުމުގައި ސްވިޓްޒަލޭންޑް ނުކުންނާނީ ނޮދާން އަޔަލޭންޑާ ދެކޮޅަށެވެ.

މި ޕްލޭ އޮފް މެޗުތަކަކީ ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ގްރޫޕްތަކުގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި އަށް ޓީމުގެ މެދުގައި ކުޅެވޭ މެޗުތަކެކެވެ. މި މެޗުތަށް ކާމިޔާބުކުރާ ޓީމުތަކަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ވެގެންދާނެއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް