ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 22:11
ސަޢޫދީގެ ކުރީގެ ވަލީޢަޙުދު މުޙައްމަދު ބިން ނާއިފް
ސަޢޫދީގެ ކުރީގެ ވަލީޢަޙުދު މުޙައްމަދު ބިން ނާއިފް
ވޯލް ސްޓްރީޓް ޖާނަލް
ސަޢޫދީ ޢަރަބިއްޔާ
ސަޢޫދީގެ ކުރީގެ ވަލީޢަޙުދުގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފި
 
ވަލީޢަހުދުގެ މަޤާމުން ދުރުކުރެވުނީއްސުރެ އަމީރު މުހައްމަދު ބިން ނާއިފް ހުންނެވީ ގޭ ބަންދުގައިކަމަށް ރިޕޯޓްތައް ބުނޭ
 
އަމީރު މުހައްމަދު ބިން ނާއިފް ވަލީޢަޙުދުކަމުން ދުރުކޮށް، ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް އެމަޤާމު ދެއްވީ މިދިޔަ ޖޫން މަހު

ސައޫދީގެ ކުރީގެ ވަލީޢަޙުދު މުހައްމަދު ބިން ނާއިފްގެ ބޭންކް އެކައުންޓްތައްވެސް ފްރީޒްކޮށްފިއެވެ.

ސައުދީގެ މިހާރު ވަލީޢަޙުދު އިސްކޮށް ހުންނަވައިގެން ކޮރަޕްޝަނާއި ދެކޮޅަށް ފެށި މަސައްކަތްތަކެއްގެ ތެރެއިންކަމަށް ބުނެ، ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކަކާއި ސަޢޫދީގެ ބާރުގަދަ އެތައް ވިޔަފާރިވެރިންނެއް މިހާރުވަނީ ހައްޔަރުކޮށް، އެމީހުންގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ. މުހައްމަދު ބިން ނާއިފް ސަޢޫދީގެ ވަލީޢަޙުދުގެ މަޤާމުގައި ހުންނަވަނިކޮށް ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްވަނީ އޭނާ އެމަޤާމުން ދުރުކޮށް، އަމިއްލަ ދަރިކަލުން މުޙައްމަދު ބިން ސަލްމާން ވަލީޢަޙުދުގެ މަޤާމަށް އައްޔަންކުރައްވާފައެވެ. މުޙައްމަދު ބިން ނާއިފް ވަލީޢަޙުދުގެ މަޤާމުން ދުރުކުރެވުނު ފަހުން ރަސްމީ އެއްވެސް ހަފްލާއަކުން ފެނިފައެއް ނުވެއެވެ. އެމަނިކުފާނު އޭގެ ފަހުން އާއްމުންނަށް ފެނުނީ ދާދިފަހުން ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި އަވަހާރަވި އަމީރު މަންސޫރު ބިން މުގްރިން އަލް ސަޢޫދުގެ ޖަނާޒާއިންނެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ މަސައްކަތުގައި މިހާތަނަށް 1700 ވަރަކަށް ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަޢޫދީގެ ތަޚުތައް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ފެއްޓެވި މިމަސައްކަތަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅަކަށް ވުރެ ބޮޑަށް ސަޢޫދީ ޝާހީ އާއިލާއާއި މެދުއިރުމަތީގައި އެކަނިކުފާނުގެ ބާރު ގަދަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިމަސައްކަތުގައި ފާއިތުވި 5 ވަރަކަށް ދުވަސްތެރޭ ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކަކާއި، މިހާރާއި ކުރީގެ ބައެއް ވަޒީރުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ކޮރަޕްޝަންގެ އެކި ތުހުމަތުތަކުގައި ބަންދުކުރެވިފައިވާއިރު، އެބޭފުޅުންގެ އިންސާނީ ހައްޤުތައް ކަށަވަރުކުރެވޭތޯ ސުވާލު އުފެދޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް