ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 19:07
އެޑިއުކޭޝަންގެ އާ ޕީއެސް މިނިސްޓަރާއި ބައްދަލުކުރައްވަނީ
އެޑިއުކޭޝަންގެ އާ ޕީއެސް މިނިސްޓަރާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަންގެ ޕީއެސްގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި
 
ސަޢީދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1989
 
މުހައްމަދު ސައީދަކީ ކުރިން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެއް

އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަގާމަށް ގ. ދިލްކަޝް، މުހައްމަދު ސައީދު މިއަދު ހަމަޖައްސައިފި އެވެ. 



މުހައްމަދު ސައީދު މި މަގާމަށް އައްޔަންކުރެއްވުމަށްފަހު ތަޢާރަފުވެވަޑައިގެންނެވުމުގެ ގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ބައިވެރިވެވަޑައިގެންނެވިއެވެ.



މުހައްމަދު ސައީދަކީ ކުރިން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މުހައްމަދު ސަޢީދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ. މީޑިޔާ އޮފިސަރެއްގެ މަގާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ. އޭގެތެރޭގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއެވެ. 



މުޙައްމަދު ސަޢީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ