ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 19:04
ބަނޑޭރިކޮށި ހުސްކުުރަމުން ދިޔަ ވަގުތު ފިރާގު މަގުމަތީ، އަދި އޭނާގެ ދަރިން ކައިރީގައި ހިތްވަރު ދެނީ
ބަނޑޭރިކޮށި ހުސްކުުރަމުން ދިޔަ ވަގުތު ފިރާގު މަގުމަތީ، އަދި އޭނާގެ ދަރިން ކައިރީގައި ހިތްވަރު ދެނީ
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
 
ފިރާފު މިހާރު އުޅެމުންދަނީ މާލެ-ވިލިނގިލީގައި
 
މިހާރު ސަރުކާރުން ދޭންއުޅެނީ 23 އަހަރު ކުރިން އަގު މަގުކޮށް ދިން މިންވަރު
 
ބަނޑޭރިކޮށީގެ ފްލެޓުން ނެރެލީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް

އޭނާގެ ޚިދުމަތް މި ދައުލަތައް މެދު ކެނޑުމެއް ނެތި 40 އަހަރު ލިބުނެވެ. އުމުރުން އެންމެ 17 އަހަރުގައި ވަޒީފާއަށް ނިކުތުމަށް ފަހު ގެއަށްވަނީ ދެ ޕެންޝަނާއެކު ޝަރަފުވެރިކަމާއެކު އެކު އެވެ. އެހެން ނަސް މިއަދު އެމީހާގެ ހާލަތު އެނގޭ ހެއްޔެ އެވެ. އެމީހާގެ ދެލޯ ކަރުނައިން ފޯވެފައި އެ ވަނީ މި ސަރުކާރުން އޭނާއާމެދުވީ ބޭ އިންސާފަށް ކެތް ނުވެގެންނެވެ. މިއީ ބަނޑޭރިކޮށިން ނެރެލި މ. މެރީލޮޖް މުހައްމަދު ފިރާގުގެ ވާހަކަ އެވެ.

 

މިދިޔަ ސެޕްޓެމްބަރ މަހުގެ 27 ވީ ހުކުރު ދުވަހުގެ ހަވީރު ފުލުހުންނާއި ސިފައިން ބަނޑޭރިކޮށީގެ 195 އަށް ވަދެ އޭގެގެ ހިފާ ގެންގުޅޭ ސާމާނު ނެރެ މަގު މައްޗަށް އަޅާލިއިރު އެކަން އެގޮތައް ނުކުރުމަށް އެދި އާދޭސް ކުރަމުންދިޔަ އުމުރުން ދުވަސްވެފައިހުރި މީހަކު ދެކުނީމެވެ. އޭނާ ތަކުރާރުކޮށް ދައްކަމުން ދިޔައީ ކޮންމެސް ކޯޓެއްގެ ވާހަކައާއި އަގު މަގު ކުރުމުގެ ވާހަކަ އެކެވެ. ފުލުހުންނާއި ސިފައިން ހަމަ ކަހާތަން ހިރުވާވެސް ނުލާ ހުރިހާ ސާމާނެއް ނެރެ މަގު މައްޗަށް އަޅާލައި އެގޭގައި ތަޅުއަޅުވާފައި ދިޔައީ އެވެ. އޭގެ ފަހުން އެމީހަކު ދޮރުމަތީ އަޑުން އަޑުނަގާ ރޯން އިންދާ ފެނުނެވެ.

 

އޭގެ ފަހުން ސަރުކާރުން އެހާ އިހާނެތި ގޮތަކަށް މި އަމަލު ކުރި މީހަކީ ކާކުތޯ އާއި އޭނާ ދައްކަނީ ކޮން ވާހަކައެއްތޯ ބަލާލަން އޭނާ ހުރި ހިސާބަށް ދަތުރުކުރީމެވެ. މީހަކު މެދުވެރިކޮށް އޭނާ ފެންނަވަރުވީ މާލޭގެ އެއް އަވަށް ކަމަށްވާ ވިލިނގިލީގެ އަލިފާން ފޮއްޓެއްވަރުގެ ކޮޓަރިއެއް ތެރޭ ރޯން އިންދަ އެވެ. އޭނާ ވަނީ އޭނާގެ ވާހަކަ ރާއްޖެޓީވީއާ ހިއްސާ ކޮށްފަ އެވެ.

ބަދަލު ނުދީ ބަނޑޭރިކޮށިން ނިކުތުމަށް ސަރުކާރުން އެންގީ ގާނޫނާ ހިލާފަށް  ކަމަށް ހައި ކޯޓު ހުކުމްކުރި

ފިރާގު ބުނި ގޮތުން އޭނާގެ ހިތާމައަކީ އޭނާ ބަނޑޭރިކޮށިން ނެރެލުމެއް ނޫނެވެ. އެހެނަސް ހުސްކޮން ހުރި އެ ބިމުގައި މީގެ 28 އަހަރު ކުރިން އެޅި އިމާރާތާއި އެތަނަށް މިއަދާ ހަމައަށް ކޮށްފައިވާ ޚަރަދުގެ އަގު މަގު ނުކޮށް ނިކުންނަން ސަރުކާރުން އެންގުމަކީ އިންސާފުގެ ކަންފުޅެއް ނެތް ނިންމުމެއް ކަމަށް އޭނާ ބުންޏެވެ. އަދި މި ސަރުކާރު އައި ފަހުން އޭނާއަށް ބަނޑޭރިކޮށިން ނިކުންނަން އެންގުމުން އެކަމާ ފުރަތަމަ ވެސް ދެކޮޅު ހަދާ އެތަނަށް ކޮށްފައިވާ ޚަރަދުގެ ބަދަލު ނުދީ އެތަނުން ނެރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓަށް އޭނާ ދިޔަ ކަމަށް ބުންޏެވެ.

 

ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް ކުރި އެ ދައުވާ ނިމިގެން ދިޔައީ ފިރާގާ ދެކޮޅަށެވެ. ސަރުކާރުން އެއްވެސް ބަދަލެއް ނުދީ ބަނޑޭރިކޮށިން އޭނާ ނިކުތުމަށް އެންގީ ރަނގަޅަށް ކަމަށް ކުރި ހުކުމް ބާތިލް ކުރުމަށް ހައި ކޯޓަށް ދިޔައީ އޭނާއަށް އެތަނުގެ ބަދަލު ދޭން ޖެހޭނެކަން ގަބޫލުކޮށްގެން ކަމަށް ބުންޏެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ހައި ކޯޓުން މި އަހަރުގެ މެއި 27 ގައި ކުރި ހުކުމް ނިމުނީ އޭނާގެ ކޮޅަށްކަން ތަކުރާރުކޮށް ބުނަމުންދިޔަ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ބަދަލު ދިނުމެއް ނެތި ބަނޑޭރިކޮށި ހުސްކުރުމަށް ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކަމަށެވެ. ފިރާގު ކިޔައިދިން ގޮތުގައި ހައި ކޯޓުގެ މި ހުކުމާއެކު ޑިފެންސް މިނިސްޓްރީން ވަނީ މީގެ 23 ވަރަކަށް އަހަރު ކުރިން އެތަން އަގު މަގުކޮށްފައި އެއަދަދަށްވާ ފައިސާ އޭނާއަށް ދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެ ފައިސާގައި ހިފުމަށް ދެކޮޅު ހަދާފަ އެވެ. ފިރާގު ގަބޫލުކުރާ ގޮތުގައި މިއަދު އޭނާ އެތަނުން ނެރޭއިރު ދޭން ޖެހޭނީ މިއަދާ ހަމައަށް ކޮށްފައިވާ ޚަރަދަށްވާ ފައިސާ އެވެ.

 

ހައި ކޯޓުގެ ހުކުމުގެ ށ. ގައި ބުނެފައިވާ ގޮތަށް ފައިސާ ދިނުމަށް ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރާއިރު އެ މާއްދާގައި ބުނެފައި ވަނީ 1994 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ފިރާގު ވަކިވުމުން އޭރު އެތަނަށް ކޮށްފައިވާ ޚަރަދުގެ ގޮތުގައި ބެލެވުނު 77383.89 ރުފިޔާ ދިނުމުން އޭރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ފިރާގު ބުނީ މިހާރު އެތަނަށް އެތައް ގުނައެއް އިތުރަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ފަހުން އަގު ކުރުމަށް އެއްވެސް ފަރާތަކުން އެއްޗެއް އޮޅުންފިލުވާފައިނުވާ ކަމަށެވެ.

 

އެހެން ނަމަވެސް އެ ފައިސާގައި ހިފުމަށް ފިރާގު ދެކޮޅު ހެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެ ފައިސާ ނުހިފިއަސް އެތަން ހުސްކުރުމަށް އަންގާފަ އެވެ. އެ އެންގުން ބާތިލް ކުރުމަށް ސިވިލް ކޯޓަށް ލައިގެން އުޅެނިކޮށް ހުކުރު ދުވަހުގެ ވަގުތެއްގައި ސިފައިންނާ ފުލުހުން އެގެއަށް ވަދެ އެތަން ހުސްކުރަން މަސައްކަތްކުރިއިރު ފިރާގު ބުނީ އެންމެ ފަހު ވަގުތު ވެސް ގަބޫލުކޮށްގެން ހުރީ އެތަން ހުސް ނުކުރެވި އުޅެނިކޮށް ސަރުކާރުގެ އިސްވެރިއަކު އެކަން ހުއްޓުވާނެ ކަމަށެވެ.

 

"އަޅުގަނޑު ހިޔެއް ނުކުރަން، ހަމަ އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން ގެއިން ނެރޭނެ ކަމަކަށް. އެންމެ ފަހު ގަޑީގައިވެސް. އެމީހުން ގާތު އެހެންވެ ބުނީ އޭސީތައް ނަގާ ނުލާ އެހަށް ބަހައްޓާލަބަލާށޭ އެހެން އެއްޗިހި ނެރެލިއަސް. އެވެސް ހަމަ އޯޑަރެއް މަތިން އައިސްދާނެ ކަމަށް. އެކަމު އެމީހުން ( ސިފައިން) އެ އެއްޗިތައް ރޫޅާލީ ނުލާހިކު އަވަހަށް،" ފިރާގު ކިޔާދިނެވެ.

 

މިއަދު ފިރާގު އުޅެމުންދަނީ ކުޑަ ކޮޓަރިއެއްގެ ތެރޭގަ އެވެ. ދަތިހާލާއެކު އަނބިދަރިންނާ އެކު އުޅެން ޖެހިދާނެ ކަމަށް އޭނާއަށް ދުވަހެއްގައި ވެސް ހީވެފައިނެތެވެ. ކުޑަ ގޮނދަޑިގަނޑެއްގައި އޭނާ އާ އަންހެނުން ނިދާއިރު ހަމަ އެކޮޓަރީގައި ދަރިން ނިދަ އެވެ.

 

ސަރުކާރަށް ކުރި ޚިދުމަތުގެ އަގުއެހާމެ ބޮޑު

ފިރާގު އެންމެ ފުރަތަމަ އަދާކުރެއްވީ ޑަބްލިޔުއެޗްއޯގެ ވަޒީފާއެކެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި މި ވަޒީފާއަށް ނިކުމެފައިވާއިރު ފަހުން އެ ވަޒީފާވަނީ ސަރުކާރުގެ ވަޒީފާއަކަށް ބަދަލުކޮށްފަ އެވެ. އެ ވަޒީފާގައި ހުރުމަށްފަހު ދިވެހި ސިފައިންގެ ޚިދުމަތާ އަމިއްލައަށް އެދިގެން ގުޅުނީ ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރުމަށް ހުރި ޝައުގުވެރިކަމަކާއެކު އެވެ. ސިފައިންގެ ވަޒީފާގައި ހުރެ، ދިވެހި އެއާޕޯޓުގައި މަސައްކަތްކުރި އެވެ. އަދި ރާއްޖެއަށް3 ނޮވެމްބަރ 1988 ގައި ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން މި ގައުމުގެ ހައްގުގައި ކެރިގެން ނިކުމެ ގުރުބާނީތަކެއްވެފައިވެ އެވެ. ސިފައިންގޭގައި މަސައްކަތް ކުރަމުންދަނިކޮށް ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، ތީމްގޭގެ ވަޒީފާއަށް ސިފައިންގެއިން ސެކިއުރިޓީއަށް ބަޔަކު ނެގި އެވެ. ސިފައިންގެ މީހަކަށް ލިބެމުންދިޔަ ހުރިހާ އިނާޔަތްތަކާއެކު ތީމްގޭ ސެކިއުރިޓީއަށް ބަދަލު ކުރި އެވެ.

sifaingeyga firaq ulhunu dhuvassvaruge foo thakeh

ސިފައިންގެ ވަޒީފާގައި އުޅޭ މީހަކަށްވާތީ 1989 ވަނަ އަހަރު ފިރާގަށް އެ ގޯތި ލިބިފާވާއިރު އޭނާ ވަނީ 1994 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ތީމްގެ ސެކިއުރިޓީއަށް އޭރު ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބަދަލު ކުރައްވާފަ އެވެ. އަދި ތީމްގޭގައި އުޅުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުވެރިކަމަށް ވަޑައިގަތުމަށް ފަހު އޭނާ ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާ ދެ ޕެންޝަނާއެކު ވަޒީފާއިން ވަކި ކުރެއްވި އެވެ.

 

ސިފައިންގެއިން ވަކި ވުމަށްފަހު ވެސް ބަނޑޭރިކޮށީގައި ދިރިއުޅުނީ ރައީސުލް ޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން

 

ފިރާގު ބުނި ގޮތުން ސިފައިންގެއިން ތީމްގޭގެ ސެކިއުރީޓީގެ ވަޒީފާއަށް ބަދަލު ކުރުމާއެކު އޭނާ ސިފައިންގެއިން ވަކިވީ ކަމަށްބަލާ ބަނޑޭރިކޮށި އަގުމަގުކޮށް އެ ފައިސާ އޭނާއަށް ދިނެވެ. ފިރާގު ބުނީ އެފައިސާގައި ހިފުމަށްފަހު އަނބުރާ އެ ލިބުނު ފައިސާ ޑިފެންސް މިނިސްޓްރީއަށް ދިނީ ބަނޑޭރިކޮށީގައި ހުރުމަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނިންމެވުމުންކަމަށެވެ. އަދި އެއީ އޭގެ ފަހުން ވެސް އައިވެރިކަމުގައި އޭނާއަށް ބަނޑޭރިކޮށީގައި ދިރިއުޅެވުނީ އޭރުގެ ސަރުކާރުތަކުން ހުއްދަ ދީގެންކަން އެނގޭ ކަމަށް ހައި ކޯޓުގެ ގަސިއްޔާއަކުން ވެސް ކަނޑައަޅާފައިވެ އެވެ.

 

ފިރާގު ބުނީ އިސް ރަށްވެހިންނާ ރައީސް އަބްދުﷲ ޔާމިން އެންމެ ފަހުން ބޭއްވި  ބައްދަލުވުމަށް ގޮސް އޭނާ ވަނީ ޑިފެންސް މިނިސްޓްރީން ފޮނުވާ ސިޓީއާއި އޭނާއާ މެދު އަމަލުކުރާ ގޮތް ދަންނަވާފަ އެވެ. އަދި އެކަން ބައްލަވާނެ ކަމަށް ރައީސް ވެސް ވިދާޅުވިއިރު އޭގެ ފަހުން ސަރުކާރުގެ ތެރެއިން ވެސް މީހަކު އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެތަނުން ނެރެލީ އޭގެ ފަހުން ކަމަށް ފިރާގު ބުންޏެވެ. އޭނާގެ ތަކެތި ނެރެ އުކާލިއިރު އޭރުވެސް އެ މައްސަލާގައި ކޯޓަށް ދިއުމަށް ޗިޓް އައިސްފައި އޮތެވެ.

 

ފިރާގުގެ އޮތީ އެންމެ ޝަކުވާއެކެވެ. އެއީ  ބަނޑޭރިކޮށީގައި އޭނާއަށް ދިރިއުޅެން ދިން ތަނުގައި އުޅެމުން އެޅި ގެގަނޑަށް ހަމަ އަގުނުދީ ނެރެ މަގު މަތިކޮށްލުމެވެ. އޭނާ ދައުލަތައް ވީ ގުރުބާނީގެ އަގު ސަރުކާރުން ބަލައިނުގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
28%
17%
0%
56%
ކޮމެންޓް
9 ނޮވެންބަރ 2017 | ބުރާސްފަތި 19:26
ހަސަނު
Eynage amilla thaneh noonee agreement eh nethi keeve thaneh hedhee egen jeheyne kommes dhuvahakun nikunnan heheyne kan
9 ނޮވެންބަރ 2017 | ބުރާސްފަތި 19:25
ޖަމާލު
Raaje.Mv akee fithuna fasaadha ufahdhan nerey online nooheh kaleymeney meeakee eh noon lhen oiy dhunuye akee
9 ނޮވެންބަރ 2017 | ބުރާސްފަތި 19:23
sObirA
meehehge bimehga ehenmeehakah imaaraatheh nuhedheyne.