ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 18:18
ރާޖަޕަކްސަ ބައިސްކަލުގައި ޤާނޫން ހަދާ މަޖިލީހަށް ވަޑައިގަންނަވަނީ
ރާޖަޕަކްސަ ބައިސްކަލުގައި ޤާނޫން ހަދާ މަޖިލީހަށް ވަޑައިގަންނަވަނީ
ޑެއިލީ މިރޯ
މަހިންދަ ރާޖަޕަކްސަ
ބަޖެޓް ޖަލްސާއަށް ރާޖަޕަކްސަ ވަޑައިގަތީ ބައިސްކަލުގައި!
 
ބައިސްކަލުގައި މަޖިލީހަށް ވަޑައިގަތީ ލަންކާއަށް ދިމާވެފައިވާ ތެލުގެ ތާށިކަމާއި ދެކޮޅަށް އިހުތިޖާޖުކުރެއްވުމަށް

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ބުރާސްފަތި ދުވަހު އޮތް އެ ޤައުމުގެ ބަޖެޓް ހުށަހަޅާ ޖަލްސާއަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އިދިކޮޅު ބައެއް މެމްބަރުން ބައިސްކަލުގައި ވަޑައިގެންފިއެވެ.

އެބޭފުޅުން ބައިސްކަލުގައި ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެންނެވީ މިހާރު ލަންކާއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަމާ ދެކޮޅަށް އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް ބައިސްކަލުގައި ހެނދުނު ވަޑައިގެންނެވި ނަމަވެސް، ލަންކާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން، ބަޖެޓް ހުށަހެޅުއްވުމަށް ފަހު މާލީ ވަޒީރު މަންގަލަ ސަމަރަވީރަ ވިދާޅުވީ ރާޖަޕަކްސަ އާއި އިދިކޮޅު އެހެން މެމްބަރުން ޖަލްސާ ނިންމަވާލެއްވުމަށް ފަހު އަނބުރާ ވަޑައިގަތީ ވެހިކަލްގައެވެ.

މަހިންދަ ރާޖަޕަކްސަ، ޤާނޫން ހަދާ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާއިއެކު ބައިސްކަލުގައި ޤާނޫން ހަދާ މަޖިލީހަށް ވަޑައިގަންނަވަނީ

ލަންކާގެ ރައީސްކަމުގައި ހުންނަވައިގެން އަވަސް އިންތިޚާބެއް 2015 ވަނަ އަހަރު ކުރީކޮޅު ބޭއްވުމުން، ރާޖަޕަކްސައަށް ވަނީ ވެރިކަން ގެއްލިވަޑައިގެންފައެވެ. ރާޖަޕަކްސަގެ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށް ހުންނެވި މައިތިރިޕާލާ ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމުން، ރާޖަޕަކްސަ އަނބުރާ ވަޑައިގެންނެވީ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ހޯއްދެވުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް