ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 14:46
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
މުހައްމަދު ފަޒީން
މެންބަރު އަލީ ނިޒާރު
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ، ޕްރެޝަރު ސަރުކާރަށް ވަރަށް ބޮޑު: ނިޒާރު
 
ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުން ހުރީ އެއް މިސްރާބަކަށް
 
ދުނިޔޭގެ ގައުމަތަކާ އެކަހެރިވެގެން ރާއްޖެއަށް ކުރިއެރުމެއް ނެތް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ނަމަވެސް ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުންނުވާތީ އެކަމުގެ ޕްރެޝަރު ސަރުކާރަށް ވަރަށް ބޮޑުވެފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ބޭރު ގައުމުތަކުގެ މާލީ އެހީ އާއި ކުރިއެރުން ލިބެން އޮތީ ބޭރު ދުނިޔެއިން ދައްކާ ވާހަކަތައް އަޑުއަހައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ނެގެނެސްގެން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ސަރުކާރާ އެކު ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކަތަކަކީ އަންނަ ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީތަކުން، އެ ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތު ދިނުން ކަމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ކުރެވެމުންދާ މަޝްވަރާތައް ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ހިމެނޭ ކޮންމެ ޕާޓީއަކީ ވެސް އުސޫލުތަކެއްގެ ދަށުން ހިންގަމުން އަންނަ ވަކި ފިކުރުތަކެއްގެ ސިޔާސީ ޕާޓީތަކެއް ކަމަށް ވިޔަސް ގައުމު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި މަސައްކަތް ކުރެވޭނެ އަދި ކުރަމުންދާ ސިޔާސީ ޕާޓީތަކެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ އެ ހިޔާލު ތަފާތުވުންތައް ހުރި ވާހަކަ ސަރުކާރުގައި ހިމެނޭ ބޭފުޅުން ވެސް ވިދާޅުވެ ދެއްވަން ނުޖެހޭ ކަަމަށެވެ.  ނިޒާރު އެގޮތަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ބައިބައިވެފައިވާ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެވެ. ނިޒާރު ވިދާޅުވީ ޕީޕީއެމްގެ އިސްވެރިން އެގޮތަށް ވަހަކަ ދެއްކެވި ނަމަވެސް ކޯލިޝަނެއްގެ ތެރެއިން ޕާޓީތައް މަސައްކަތް ކުރާއިރު ހިޔާލު ތަފާތުވުންތައް ހުންނާނެކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ކަމަށެވެ. އެއީ މި ދައުލަތް ސަލާމަތް ކުރުން ކަމަށެވެ. މިހާރު ދިވެހި ދައުލަތް އޮތީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާއިރު، ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

އެހެންވީމާ މިކަންކަން މިހެން ހުރީމާ މިކަމުން ސަލާމަތްވާން އެއީ އަޅުގަނޑުމެން ސިޔާސީ ޕާޓީތައް ގުޅިގެން މިކުރާ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެސް ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
83%
0%
0%
0%
17%
ކޮމެންޓް