ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 14:12
މަންދު ކޮލެޖުގެ ޗެއަރޕާސަން އިބްރާހިމް އިސްމާއިލް
މަންދު ކޮލެޖުގެ ޗެއަރޕާސަން އިބްރާހިމް އިސްމާއިލް
ފާތިމަތު ޝަނާ މުހައްމަދު
މަންދު ކޮލެޖުގެ ކޯސްތައް
ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ޑިޕްލޮމާ ކޯހެއް ފަށަނީ
 
ޑިޕްލޮމާ ލެވެލް ކޯހަކީ އެއް އަހަރުގެ ދުވަހުގެ ކޯހެއް
 
ދިވެހިންނާއި އިނގިރޭސި ބަހުން ވެސް މިދެ ކޯސް ކިޔަވާދޭނެ
 
މަންދު ކޮލެޖުން އަލަށް ދެ ކޯސް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައި

ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ ލެވެލްގެ ކޯހެއް ތަޢާރުފުކޮށްފިއެވެ.

މަންދު ކޮލެޖުގެ ޗެއަރޕާސަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންގެ އެންމެ ދަށް ފެންވަރެއްގެ ގޮތުގައި ޑިޕްލޮމާ ލެވެލް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެން މި ކޯސް ތަޢާރުފު ކުރީ އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ކަމަށެވެ. މީގެ އިތުރަށް ޕަބްލިކް އެޑްމިނިސްޓްރޭޝަން ކިޔަވަން ބޭނުންވާ އިތުރު ފަރާތްތަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް ފަށާ ދެވަނަ ކޯހަކީ ބެޗްލަރ އޮފް ޓީޗިންގ. މިއީ ދިވެހި އަދި އިސްލާމު ޓީޗަރުންނަށް ހާއްސަކޮށްގެން ހިންގާ ކޯހެއް. ޑިޕްލޮމާ އޮތް ނަމަ މި ޕްރޮގްރާމު ދެ އަހަރު ތެރޭގައި ނިންމާލެވޭނެ. ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ބެޗެލަރ އިން ޓީޗިންގވެސް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ކިޔެވޭނެ" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތު ހަމަނުވާ ދަރިވަރުންނަށް އެ ޝަރުތު ފުރިހަމަ ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ "ޔުނިވަރސިޓީ ޕްރެޕްރޭޓަރީ ޕްރޮގްރާމް" ޑިސެމްބަރު މަހުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތައުލީމީ ސަނަދެއް ނެތި އެހެން ނަމަވެސް ގިނަ ދުވަހު މަސައްކަތުގައި އުޅޭ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޯސް ކުރިއަށްދާނީ ގާތްގަނޑަކަށް ދެ މަސް ދުވަހަށް ކަމަށާއި މި ކޯހަށް ފަހުގައި ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

މަންދު ކޮލެޖުން ކުރިއަށްގެންދާ ކޯސްތަކުގައި މާލޭގައި ހުންނަ ކޮލެޖުގެ މައި ކެމްޕަސްގައާއި އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ގާއިމް ކޮށްފައިވާ ވަރޗުއަލް ކެމްޕަސްގައި ކިޔެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސްޓޫޑަންޓް ފައިނޭންސް ސްކީމުގައި ބައިވެރިވާ ދަރިވަރުންނަށް ކޯހުގެ މުއްދަތުގައި ކިޔެވުމާއި ގުޅޭ ކަންކަމަށް ހަރަދު ކުރުމަށް އެލަވަންސެއް ލިބޭނެ ގޮތެއް ހަމަޖައްސާދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
60%
0%
20%
0%
20%
ކޮމެންޓް