ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 14:17
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
މުހައްމަދު ފަޒީން
އާސަންދަ
އެޕޮއިންޓްމަންޓަކާއި ނުލައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހުޅުމާލޭ ހޮސްޕިޓަލުގައި ހަމަޖައްސައިފި
 
ޚިދުމަތް ތަޢާރުފު ކޮށްފައިވަނީ ބުދަ ދުވަހު

އެޕޮއިންޓްމެންޓެއް ނެތި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހުޅުމާލޭ ހޮސްޕިޓަލުގައި ހަމަޖައްސާފައިވާކަމަށް އެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްޤީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ބުދަ ދުވަހު އެ ހޮސްޕިޓަލްގައި ޓްރައިއޭޖް ޚިދުމަތް ތަޢާރުފު ކޮށްފައިވާ ކަމަށެވެ.

އާސަންދަ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މި ޚިދުމަތާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެޕއޮއިންޓްމެންޓެއްނެތި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާ ބަލިމީހާގެ ބަލީގެ ހާލަތު ވަޒަންކޮށް އައުޓްޕޭޝަންޓް ޑިޕާޓްމެންޓަށް ނުވަތަ އިމަޖެންސީ ރޫމަށް ރިފާރ ކުރާނީ މި ޚިދުމަތުގެ ދަށުން ގާއިމް ކުރެވިފައިވާ ޓްރައީއޭޖް ކައުންޓަރުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓްލްގައި ޓްރައިއޭޖްގެ ޚިދުމަތް ތަޢާރުފު ކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ފަށާނެކަމަށްވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް