ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 05:24
އިކޮނޮމިކް މިނިސްޓަރ ސަޢީދު(ވ) ޔޫއޭއީގެ އިކޮނޮމީ މިނިސްޓަރ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ(ކ) އާއި އަބޫދާބީގައި ބައްދަލުކުރައްވަނީ
އިކޮނޮމިކް މިނިސްޓަރ ސަޢީދު(ވ) ޔޫއޭއީގެ އިކޮނޮމީ މިނިސްޓަރ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ(ކ) އާއި އަބޫދާބީގައި ބައްދަލުކުރައްވަނީ
މިނިސްޓަރ ސައީދު
މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު
 
ރައީސް ޔާމީންވެސް ދާދިފަހުން ޔޫއޭއީއަށް ވަޑައިގެން އެހީގެ އެއްބަސްވުމެއްގައި ސޮއެކުރެއްވި
 
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް އޮންނާނީ ޔޫއޭއީގެ ޑުބާއީގައި
 
ޔޫއޭއީއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން

އިޤްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ޔޫއޭއީގެ އިޤްތިޞާދާއި ބެހޭ ވަޒީރާއި ސުލްޠާން ބިން ސަޢީދު އަލް މަންސޫރީއާއި ބައްދަލުކުރައްވައިފިއެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެއިން ވައިގެ ދަތުރުފަތުރާއި، އިޢާދަކުރުވަނިވި ހަކަތަ އާއި، ރިއަލް އެސްޓޭޓްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާކަމަށާއި، އާ ގާނޫންތައް ހަދައި،އަދި  އިގްތިސޯދީ ޒޯންތައް ހަދައިގެން އިތުރު އިންވެސްޓްމަންޓް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.  މިދާއިރާތަކަކީ ޔޫއޭއީގެ ތަރައްޤީގެ ސިޔާސަތުގައިވެސް އަހައްމިއްޔަތުކަންދޭ ދާއިރާތައްކަމުން، މިދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުސަތުތަކެއް ހުރިކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.  ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ގިނަ ފުރުސަތުތަކާއި ބެހޭ ގޮތުން ޔޫއޭއީގެ އިގްތިސޯދާ ބެހޭ ވަޒީރަށް މިނިސްޓަރު ސައީދު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ އިގްތިސޯދާބެހޭ ވަޒީރު ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ ވަނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގޮތުން ދެ ގައުމުން އިސްކަންދޭ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމާބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޔޫއޭއީ އާއި ރާއްޖޭގެ  ވިޔަފާރީތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ. އަދި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މަންސޫރީ ވިދާޅުވިއެވެ.

ޑިސެމްބަރު މަހު 18ވަނަ ދުވަހު ޔޫއޭއީގެ ޑުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މަންސޫރީ ވިދާޅުވީ މިއީ ޑުބާއީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ފޯރަމަކަށް ވާނެކަމަށެވެ.

ޔޫއޭއީއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. މިއަހަރު އިންވެސްޓްމަންޓް ފޯރަމް ޑުބާއީގައި ބާއްވާ ގޮތަށް ހަމަޖެއްސީ ގަތަރުގައި މި ފޯރަމް ބާއްވަން ނިންމާފައިވަނިކޮށް ސައޫދީ އަރަބިއްޔާގެ އިސްނެގުމަކަށް ބައެއް އަރަބި ގައުމުތަކުން ގަތަރާއެކު ގުޅުން ކަނޑާލުމުން، ރާއްޖެއިންވެސް އެކަމުގައި ބައިވެރިވެ ގަތަރާއި ގުޅުން ކަނޑާލުމުންނެވެ. ޔޫއޭއީއަކީވެސް ސަޢޫދީއާ ގުޅިގެން ގަތަރާ ގުޅުން ކަނޑާލި އެއް ގައުމެވެ.

މިނިސްޓަރ ސައީދު ވަނީ  ޑުބާއީގައި އޮތް އޮޓޯމޮބައިލް ޝޯއަކަށް ޒިޔާރަތްކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް