ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 23:48
މިނިސްޓަރ ޝައިނީ (ވ) ސަފީރު ހަމީދު (ކ)އާ އެކު ރިޔާޒްގެ އެއަރޕޯޓުގައި
މިނިސްޓަރ ޝައިނީ (ވ) ސަފީރު ހަމީދު (ކ)އާ އެކު ރިޔާޒްގެ އެއަރޕޯޓުގައި
ފޮރިން މިނިސްޓްރީ
ޑރ. ޝައިނީ
ސަޢޫދީގެ މަސްރަހު ހޫނުވެފައިވަނިކޮށް މިނިސްޓަރ ޝައިނީ އެގައުމަށް ވަޑައިގެންފި
 
މިދުވަސްވަރަކީ ގިނަ އަދަދެއްގެ ވަޒީރުން ޢަރަބި ޤައުމުތަކަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ދުވަސްވަރެއް
 
މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެންނެވި އިރު ގަލްފް ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ވަނީ ހޫނުވެފައި

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ސަޢޫދީގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ މިދަނޑިވަޅުގައި މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެންނެވި ސީދާ ސަބަބެއް ފިޝަރީޒް މިނިސްޓްރީން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެން،  ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އަދި ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ބައްދަލުކުރައްވާފައި ވެއެވެ.

ސަޢޫދީގެ ވެރިރަށް ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ޝައިނީއަށް މަރުޙަބާ ދެންނެވީ ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުﷲ ޙަމީދެވެ. މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެންފައި މިވަނީ ރާއްޖެއިން ޢަރަބި ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދިފަހުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވަނީ ޔޫއޭއީ، ބަހްރައިން އަދި ލުބްނާނަށް ޒިޔާރަތްކުރައްވާފައެވެ.

މިނިސްޓަރ ޝައިނީ ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަދި ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެކު ސަޢޫދީގެ ވެރިރަށް ރިޔާޒްގައި
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
0%
0%
50%
ކޮމެންޓް