ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 23:15
ރައީސް ނަޝީދު (ކ) 2013 ވަނަ އަހަރުގެ އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ (ވ)އާ އެކު
ރައީސް ނަޝީދު (ކ) 2013 ވަނަ އަހަރުގެ އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ (ވ)އާ އެކު
ރާއްޖެއެމްވީ
ރައީސް ނަޝީދުގެ ޓްވީޓް
ސަރުކާރުގެ ޕީއާރް ކޮންސަލްޓަންޓުންގެ މަސައްކަތުން 2018ގެ އިންތިޚާބުގައި ވާދަކުރެވޭނެ: ރައީސް ނަޝީދު
 
ސަރުކާރާއި ޕީޕީއެމްއިން ބުނަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ނުދޭނެ ކަމަށް
 
އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން

ދިވެހި ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ލަފާއަރުވާ ކޮންސަލްޓަންޓުންގެ މަސައްކަތުން 2018 ވަނަ އަހަރު މިނިވަން، އިންސާފުވެރި އަދި އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް މަގުފަހިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޕީއާރް ކޮންސަލްޓަންޓުނާ ގުޅުން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ޕީއާރް ކުންފުންޏެއް ކަމެއް ރައީސް ނަޝީދު ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެ އެމްވީއަށް އެނގިފައި ވާގޮތުގައި މިހާރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓާ  ދިމާކޮށް ދިވެހި ސަރުކާރުގެ ފަރާތުން ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންޓުން ލަންޑަނުގައި ގެންދަވަނީ މަސައްކަތްކުރަމުންނެވެ.

 

ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން، އަދި އެމަނިކުފާނު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިންޑިއާ އާއި އެމެރިކާއިން ވެސް ރާއްޖޭގެ ކަންތައްތަކާ މެދު މަޝްވަރާކުރަމުންދާއިރު، އެމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުގައި އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ބައިނަލްއަޤްވާމީ މީޑިއާގައި ބުދަ ދުވަހު ވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ނަޝީދުގެ މިވިދާޅުވުމަށް ދިވެހި ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ އެންމެ މަތީ ލެވެލްގެ ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު  ނުދޭނެ ކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން ބުދަ ދުވަހު ވެސް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
5%
23%
0%
23%
ކޮމެންޓް