ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 22:22
ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
މުހައްމަދު ފަޒީން
ޕީޕީއެމް
ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ އަތުން ޕީޕީއެމަށް ފައިސާ ނަގަނީ
 
ކޯޑިނޭޓަރުން 1000ރ. ދޭން ޖެހޭ
 
މިނިސްޓަރުން ފެންވަރުގެ ވަޒީފާތަކުގައި ތިބި މީހުންގެ އަތުން ނަގަނީ 5000ރ. އާ ގާތްކުރާ އަދަދެއް

ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންގެ އަތުން ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމަށް ފައިސާ ދޭން އަންގަން ފަށައިފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ވަރަށް އިތުބާރު ހުރި ގޮތަކަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި އެކި ފަރާތްތަކަށް މިހާރު ވަނީ ޕީޕީއެމަށް ފައިސާ ދޭން އަންގާފައެވެ. އަދި އެގޮތުން އެކި ފަންތީގެ މަގާމުތަކުގައި ތިބި މީހުން ޕާޓީއަށް ދޭން ޖެހޭ ވަރު ކަނޑައަޅައި މިހާރު ދަނީ އެފައިސާ ދޭން އަންގަމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމަށް ފައިސާ ނެގުމުގެ ގޮތުން މިނިސްޓަރުން ފެންވަރުގެ ވަޒީފާތަކުގައި ތިބި މީހުން 5,000ރ. އާ ގާތް ކުރާ އަދަދަކަށް ފައިސާ ދައްކަން ޖެހެއެވެ. ސްޓޭޓު މިނިސްޓަރުން ފެންވަރުގެ މަގާމުތަކުން 2500ރ. އާއާި 3,000ރ. އާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭ އިރު މިނިސްޓްރީތަކުގެ ނައިބުން ފެންވަރުގެ މަގާމުތަކުން 2,000ރ. ވަރު ދޭން ޖެހޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ކޯޑިނޭޓަރުން 1,000ރ. ދޭން ޖެހޭ އިރު އެގްޒެކެޓިވް ކޯޑިނޭޓަރުން ފެންވަރުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކުން 1,500ރ. ވަރު ދޭން ޖެހެއެވެ. 

މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ބަހެއް ހޯދުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލަށް ގުޅާލުމުން ފޯން ބިޒީ ކޮށްލެއްވުމަށްފަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރަން ބޭނުންވާ ސުވާލެއް އެސްއެމްއެސް ކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެސްއެމްއެސް އަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
60%
40%
ކޮމެންޓް