ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 22:10
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް
ރޮއިޓަރސް
ކެޓަލޯނިއާ މައްސަަލަ
ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު
 
ޕުއިޖްޑެމޮންޓް މިހެން ވިދާޅުވީ ބެލްޖިއަމްގައި ބޭއްވި ހާއްސަ ރެލީއެއްގައި

 

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މަގާމުން ދުރުކޮށްފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ވިދާޅުވެއްޖެއެވެ.

ސްޕެއިން ދޫކުރައްވައި ބެލްޖިއަމްގައި ހުންނެވި ޕުއިޖްޑެމޮންޓް ރެލީއެއްގައި ވިދާޅުވީ، ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ސްޕެއިންގެ ސަރުކާރުން ޖަލަށް ލުމަށް މަސައްކަތްކުރަމުން ގެންދާ ކެޓަލޯނިއާގެ އޮފިޝަލުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލާ ކަމަށެވެ. 

ބެލްޖިއަމްގެ ވެރިރަށް ބްރެސެލްސްގައި ބޭއްވި ހާއްސަ ރެލީގައި ކެޓަލޯނިއާގެ 200 މޭޔަރުން ބައިވެރިވެވަޑައިގެންނެވިއެވެ.  އެ ފަރާތްތަކުން ވަނީ އެ ރެލީގައި ކެޓަލޯނިއާގެ ކުރީގެ ލީޑަރަށް ނިސްބަތްކޮށް ވަރަށް ތައުރީފު ކުރައްވާފައެވެ. 

ޕުއިޖްޑެމޮންޓް އާއި އޭނާގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ މައްޗަށް ވަނީ ދައުލަތާ ދެކޮޅަށް ހިތްވަރު ދިން ކަމަށް ބުނެ އާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ދައުވާ އުފުލާފައެެވެ. ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެފަރާތްތަކުގެ މައްޗަށް އައުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެއީ ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން އެ ފަރާތްތައް ސްޕެއިން އަށް  އެކްސްޓްރަޑައިޓް ކޮށްފި ނަމައެވެ. ކެޓަލޯނިއާ ސަރުކާރުގެ ނުވަ އޮފިޝަލަކު މިހާރު ވެސް ތިބީ ސްޕެއިންގެ ޖަލުގައެވެ. 

ކެޓަލޯނިއާ އަށް ދީފައި އޮތް ކޮންމެވެސް ވަރެއްގެ މިނިވަންކަން ސްޕެއިނުން ވަނީ ދާދިފަހުން އެއްކޮށް ނިގުޅައިގެންފައެވެ. އަދި ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް މަގާމުން ވެސް ވަނީ ދުރުކޮށްފައެވެ. 

މިކަމާ ގުޅޭ ގޮތުން ޕުއިޖްޑެމޮންޓް ވިދާޅުވީ ސްޕެއިންގެ ފުރިހަމަ ބާުރުގެ ދަށަށް ކެޓަލޯނިއާ ގެންދިއުމާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަން ޖެހޭ ކަމަށާއި މަގާމުން ދުުުރުކުރި ފަރާތްތައް އެކުވެގެން މިނިވަން ކެޓަލޯނިއާ އެއް ބިނާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް