ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 22:02
"މެޓާބޯ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވުން
"މެޓާބޯ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވުން
ރިޒްނާ ޒަރީރު
"މެޓާބޯ ޕްރޮމޯޝަން"
"މެޓާބޯ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވައިފި
 
ތިން އަހަރުގެ ވޮރެންޓީ ލިބިގެންދާނެ
 
ވެލިގާ ހާޑްވެޔަރގެ ދެ ފިހާރައިން މެޓާބޯ ޓޫލްސް ލިބެން ހުންނާނެ

ވެލިގާ ހާޑުވެޔަރ އިން ޖަރުމަނުވިލާތުގެ ބްރޭންޑެއް ކަމުގައިވާ މެޓާބޯގެ ހާޑްވެޔަރ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ކުރިއަށްގެންދިޔަ އަގުބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ މެޓާބޯ ޓޫލްއަކަށް ކޫޕަނެއް ދީފައި ވެއެވެ. އަދި މެޓާބޯގެ ކޮންމެ 1,000ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ދޫކޮށްފައި ވެއެވެ.

އެގޮތުން އެއްވަނަ އަށް ދާ ފަރާތަކަށް 15,000ރ. ގެ ވައުޗާއެއް ލިބޭ އިރު ދެވަނަ އިނާމަކަށް 10,000ރ. އަދި ތިން ވަނަ އިނާމަކަށް 5000ރ. ގެ ވައުޗަރެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ކޮންމެ ވިޔަފާރިއަކަށް 100ރ. ގެ އެކްސެސަރީސް ހިލޭ ލިބިގެންދާނެ އެވެ. އަދި 10,000ރ. އިން މަތީގެ ވިޔަފާރިއަކަށް 1000ރ. އެކްސެސަރީސް ހިލޭ ވަނީ ދޫކޮށްފައެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ ނަސީބުވެރިއަކީ ހާމިދު، މ. މުލި، ދެވަނައަށް ހޮވިފައި ވަނީ އިބްރާހިމް ފިރާގު އަދި ތިން ވަނަ ނަސީބުވެރި ފަރާތަކީ މުހައްމަދު އިމްރާން އެވެ.

ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ 3 އޮކްޓޯބަރުން 31 އޮކްޓޯބަރުގެ ނިޔަލަށެވެ.

ވެލިގާ ހާޑްވެޔަރގެ ޑިރެކްޓަރ އައްބާސް މުހައްމަދު ވިދާޅުވީ، މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިވާ އިރު މިވަގުތު ވެލިގާ ހާޑްވެޔަރ އިން މެޓާބޯގެ 100 ޕްރޮޑަކްޓް ލިބެން ހުންނާނެ ކަމަށެވެ. މެޓާބޯ ބްރޭންޑްގެ 3,000 ވުރެ ގިނަ ޕްރޮޑަކްޓްތަކާއި އެކްސެސަރީސް މާކެޓްގައި ހުރެ އެވެ.

ވެލިގާ ހާޑްވެޔަރގެ ފަސް ފިހާރަ ގާއިމްކުރެވިފައި ހުންނަ އިރު މާލޭގެ މަޖީދީ މަގުގައި ހުންނަ ވެލިގާ ހާޑްވެޔަރ ފިހާރައިންނާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވެލިގާ ހާޑްވެޔަރ ފިހާރައިން މެޓާބޯ ބްރޭންޑްގެ ޓޫލްތައް ލިބިގެންދާނެ އެވެ.

މެޓާބޯ އުފެއްދުންތައް އީޖާދު ކުރަނީ އެ އާލާތްތައް ބޭނުންކުރާ މީހާގެ ރައްކާތެރި ކަމަށް އިސްކަން ދީގެންނެވެ. މެޓާބޯގެ އުފެއްދުންތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެ އުފެއްދުންތައް މަރާމާތު ކޮށްދިނުމުގެ ހިދުމަތް ވެސް ވެލިގާ ހަޑްވެޔަރ އިން ލިބިގެންދާނެ އެވެ. އަދި އެއް ބެޓެރީއެއް މެޓާބޯގެ ހުރިހާ އުފެއްދުންތަކެއްގައި ބޭނުން ކުރެވޭ އިރު އެ އުފެއްދުމުގެ އިންޓެލިޖެންޓް ބެޓެރީ މެނޭޖްމެންޓްގެ ސަބަބުން އުމުރު ދިގުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް