ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 18:18
ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނު ލޯންޗް ކުރުން
ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނު ލޯންޗް ކުރުން
ޓްވިޓަރ
"ގެލެކްސީ ނޯޓް 8"
ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފި
 
އެއްކޮށް ފައިސާ ދައްކާފައި ގަންނަ ނަމަ ފޯނު ވިއްކާ އަގަކީ 15،499ރ.

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފިއެވެ.

ދިރާގު ހެޑް އޮފީހުއި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސެމްސަންގް ގެލެސީ ނޯޓް 8 ގެ ފޯނު ނެރެދެއްވީ ދިރާގުގެ ހެޑް އޮފް މާކެޓިން އިޒަބެލް ހަޖްރީއެވެ.

އިޒަބެލް ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ފޯނުތައް އެންމެ ފުރަތަމަ ވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. އިޒަބެލް ވިދާޅުވީ، މިއަދު ޕްރީ އޯޑަރު ނެގުމަށް ހުޅުވާލި ސެމްސަން ގެލެކްސީ ނޯޓް 8 އަކީ ދިރާގުން އެންމެ ފަހުން އަލަށް ތައާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖް ބޭނުން ކުރުމަށް ވެސް އެންމެ އެކަށޭނެ ފޯނެއް ކަމަށެވެ.

ދިރާގުން ބުނީ، ނޯޓް 8 ފޯނު އިންސްޓޯލްމަންޓް އުސޫލުން ނަގާ ނަމަ ފުރަތަމަ ޕޭމެންޓެއްގެ ގޮތުގައި ދައްކަން ޖެހޭނީ 2،999 ރުފިޔާ ކަމަށެވެ. އަދިއެއަށް ފަހު 12 މަހަށް ބަހާލައިގެން، ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،059 ރުފިޔާއެވެ. މި ގޮތަށް ފޯނު ނަގާ ނަމަ ހަ މަސް ދުވަސް ވަންދެއް ހަ ޖީބީ ހިލޭ ލިބޭނެއެވެ.

ބޯޑަރެއް ނެތް ސްކްރީނެއްގައި ފަރުމާކޮށްފައިވާ ނޯޓު 8 ގެ ދިގުމިނުގައި 6.3 އިންޗި ހުންނާނެއެވެ. އަދި މިފޯނު ސްޕީޑް އެހެން ފޯނުތަކަށް ވުރެ ހަލުވި ވެސް ވާނެއެވެ. އެ ހަލުވިކަން އެ ފޯނުން ފެނިގެންދާނީ އެ ފޯނުގައި އަޅުވާފައިވާ 6 ޖީބީގެ ރެމުންނެވެ.

އެއްކޮށް ފައިސާ ދައްކާފައި ގަންނަ ނަމަ ފޯނު ވިއްކާ އަގަކީ 15،449ރ. ކަމަށް ވެސް ދިރާގުން ބުންޏެވެ.

ސެމްސަންގް ނޯޓް 8 ވިއްކާއިރު ހިލޭ ވަޔާލެސް ޗާޖަރަކާ އެކު ހަމަސް ދުވަހުގެ ހިލޭ ހަ ޖީބީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އޮންލައިންކޮށް ޕްރީ އޯޑަރު ކުރެވޭއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޕްރީ އޯޑަރު ކޮށްގެން ދިރާގުން ސެމްސަންގް ނޯޓް 8 ގެ ފޯނު ގަނެވޭނެ ކަމަށް ދިރާގުން ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް