ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 11:59
 ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
އިއްތިހާދުގެ ކެނޑިޑޭޓަކީ އަޅުގަނޑު ކަމަށް ވެއްޖެނަމަ މަގާމުގައި ދެމިހުންނާނީ އެއް އަހަރުގެ މުއްދަތަށް:ރައީސް ނަޝީދު
 
ބަލަންވީ އިއްތިހާދުން އެއްކެނޑިޓޭޓެއް ނެރެވޭނެ މަގު ހޯދަން
 
އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވޭ
 
އިންތިގާލީ ކެނޑިޑޭޓެއްގެ ވެރިކަމުގެ މުއްދަތަކަށް ވާން ޖެހޭނީ އެއް އަހަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިމެނޭ އިންތިހާދުގެ ކެނޑިޑޭޓަށް ވެއްޖެނަމަ މަގާމުގައި ދެމި ހުންނަވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ލަންޑަނުގައި ހުންނަވައިގެން"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެ އަދި އެ ކެނޑިޑޭޓަކު ނެރޭނެ ގޮތަކާ މެދު ވެސް އެއްބަސްވާން ޖެހޭނެ ކަމަށެވެ. އަދި އެ ކެނޑިޑޭޓު އިންތިހާބު ކާމިޔާބު ކުރެއްވުމަށް  ފަހު ކުރައްވާނެ ކަންތައްތަކާއި އެ ބޭފުޅެއްގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތް ވެސް ކަނޑައެޅި އެއްބަސްވެވިފައި އޮންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އިންތިގާލީ ކެނޑީޑޭޓެއްގެ ވެރިކަމުގެ މުއްދަތަކަށް ވާން ޖެހޭނީ އެއް އަހަރު ކަމަށެވެ. އަދި އެއް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނެވޭެނެ ކަމަށާއި އެކަމުގައި މާ ދިގުމުއްދަތެއް ނަގަން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހީ ބަދަލުތައް އެކަނި އެއްވެސް މީހަކަށް ނުގެނެވޭނެ ކަމަށާއި އިސްލާހީ ބަދަލުތައް ގެނެވޭނީ ގުޅިފައިވާ އިއްތިހާދަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމާއި ނުކުރެއްވުން އެއީ މުޅިން އެހެން ވާހަކައެއް ކަމަށެވެ. އެގޮތުން މިވަގުތު އެމަނިކުފާނު ކުރިމަތިލެވުމަށް ވުރެ ބޮޑަށް އެމްޑީޕީ ވެސް ބޭނުން ވަނީ ގުޅިފައިވާ އިއްތިހާދާއެކު ކުރިއަށް ދެވޭނެ ގޮތްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ފަރާތުން ކެނޑިޑޭޓަކު ނެރޭއިރު ވެސް އެމްޑީޕީން ވާދަކުރާނެ މީހަކު ނިންމާނީ އެ ޕާޓީގެ ޕްރައިމަރީއަކުން ކަމަށެވެ.. އެގޮތުން އިއްތިހާދަށް ދާނީ އެމްޑީޕީގެ ޕްރައިމަރީން ނިންމާ ކެނޑިޑޭޓެއް ކަމަށާއި އެމްޑީޕީ އަށް އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން  ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓެއް އެމްޑީޕީން ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އިންތިހާބަށް އެމްޑީޕީން ނެރޭނެ ވަކި ބޭފުޅަކު އެބަ ހުންނެވިތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެމްޑީޕީގެ ފަރާތުން ވާދަކުރުން ކަމަށެވެ. އަދި އެމްޑީޕީން އެ ގޮތް ބޭނުންވާ އެތައް ސަބަބުތައް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ނުވިސްނާ އެންމެން ބޭނުންވާ އެއް ކެނޑިޑޭޓަކާ ދިމާއަށް ދިއުން މާ މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެވޭނެ ކަމަށާއި އެކަމުގައި އެއްވެސް ޝަކެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެކަނި ވާދަ ކުރެއްވިނަމަވެސް ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވޭނެ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުން އެއް ކެނޑިޑޭޓަކަށް ވުރެ ގިނަ ކެނޑިޑޭޓުން ނެރުނު ނަމަވެސް ރައީސް ޔާމީނު އިންތިހާބުން ބަލި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ނެރެން ބޭނުންވާ ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު ނުލިބި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮސްފިނަމަ އެފަދަ އިންތިހާބެއް އިންސާފްވެރި ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
20%
10%
0%
20%
20%
30%
ކޮމެންޓް
8 ނޮވެންބަރ 2017 | ބުދަ 14:29
އަޙްމަދު
ބަލަ ނަޝީދޫ ކިންގައުމެެއްގެ ގާނޫނުގަ ތޯ އޮތީ ކުއްވެރިންނަށް ވެރިކަން ކުރެވޭ ވާހަކަ ލިޔެފަ ވެރިކަން ބޭނުމަސް ތީ ފުކެއް ބޮޑޫވަރު
8 ނޮވެންބަރ 2017 | ބުދަ 13:20
ރަތްޔަތުން
ކުރިންވެސްބުނި ތިމަންނައަކީ ވެރިކަންބޭނުންވެގެންއުޅޭމީހެންނޫނޭ! އެކަމަކުވެރިކަންލިބުނީމާވީމޮޔާ މަވާސަލާމް
8 ނޮވެންބަރ 2017 | ބުދަ 12:40
މޮހަމެ
ތީ ހަމަ ކޮސް ގޮވާ މޮޔަ މީހާ