ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 19:57
ޤަތަރު އެއަރވޭސް އަދި ކެތޭ ޕެސިފިކްގެ މަތިންދާބޯޓު
ޤަތަރު އެއަރވޭސް އަދި ކެތޭ ޕެސިފިކްގެ މަތިންދާބޯޓު
ޤަތަރު އެއަރވޭސް
ޤަތަރު އެއަރވޭސްއިން ކެތޭ ޕެސިފިކްގެ ހިއްސާ ގަންނަނީ
 
މި ނިންމުމާ އެކު އިރުމަތީގެ ޤައުމުތަކަށް ވަނުމަށް ޤަތަރު އެއަރވޭސް އަށް ދޮރުހުޅުވިގެންދާނެ

ގަލްފް ޤައުމުތަކަށް ޤަތަރު އެއަވޭސްގެ ދަތުރުތައް ހުއްޓާލާފައިވަނިކޮށް އެ އެއަރލައިނުން ހޮންކޮންގްގެ ކެތޭޕެސިފިކްގެ 9.6 އިންސައްތަ ހިއްސާ ގަންނަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޤަތަރު އެއަރވޭސްއިން ކެތޭ ޕެސިފިކްގެ ހިއްސާ ގަންނަނީ 662 މިލިއަން އެމެރިކާ ޑޮލަރަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއް އެއަރލައިން ކަމަށްވާ ޤަތަރު އެއަރވޭސްއަކީ މެދުއިރުމަތީގައި އެންމެ މަޤްބޫލު އެއް އެއަރލައިނެވެ. އެހެން ނަމަވެސް ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ ގަލްފްގެ ޤައުމުތަކުން ޤަތަރާ ގުޅުން ކަނޑާލުމުން އެޤައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން އެއެއަރލައިނަށް ޖެހުނެވެ. ސަބަބަކީ ޤަތަރުގެ ފްލައިޓްތައް އެޤައުމުތައް މަތިން ދަތުރުކުރުން ގަލްފްގެ ޤައުމުތަކުން އޮތީ މަނާކޮށްފައެވެ.

ޤަތަރު އެއަރވޭސްއިން މީގެ ކުރިން މިފަދަ އެހެން އެއަރލައިންތަކުގެ ހިއްސާ ވެސް ގަނެފައި ވެއެވެ. ޤަތަރު އެއަރވޭސް އާއި ކެތޭ ޕެސިފިކްއަކީ ވަންވޯލްޑް އެލަޔަންސްގެ ދެ އެއަރލައިނެވެ. އަދި ޤަތަރު އެއަރވޭސްއިން ކެތޭ ޕެސިފިކްގެ ހިއްސާ ގަތުމުން އެކުންފުންޏަށް ޗައިނާ އާއި އިރުމަތީގެ ޤައުމުތަކުގެ މާކެޓަށް ވަނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

ޤަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް ޤަތަރު އެއަރވޭސްއަށް މާބޮޑު ގެއްލުމެއް ނުވާނެ ކަމަށް އެ އެއަރލައިންގެ ސީއީއޯ އަކްބަރު އަލްބާކިރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް