ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 16:40
ޕީޕީއެމުން ބޭއްވި އެޕާޓީގެ ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި އެޕާޓީގެ ޖަލްސާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ޕީޕީއެމް ޖަލްސާ
ޕީޕީއެމްގެ "އަސްތާ ޖަލްސާ" ބުރާސްފަތި ދުވަހުގެރޭ ބާއްވަނީ
 
ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ކާނިވާ ސަރަހައްދުގައި
 
ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާނެ

ޕީޕީއެމުން "އަސްތާ" ނަމުގައި ބާއްވާ ހާއްސަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭވުމަށް އެޕާޓީން ނިންމާފިއެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ މި ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 20:00 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ. މި ޖަލްސާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްވެރިންނާއި އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަވާނެއެވެ.

އަސްތާ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ވިއްސާރައާ ގުޅިގެން އެ ޖަލްސާ ކެންސަލްކުރިއެވެ.

"އަސްތާ" ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ބާއްވާއިރު، ޕީޕީއެމުން މީގެ ކުރިން ވަނީ "ތައްޔާރު" ނަމުގައި ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި މާފަންނުގައި ދާދި ފަހުން ހައުސިން މިނިސްޓްރީގެ ސްޓާފުންނާއި ތަކެތި ބޭނުންކޮށްގެން ސަރުކާރު ބިމެއްގައި ހަދާފައިވާ ޖަގައެއް ވަނީ ހުޅުވާފައެވެ. "ފިޔާތެށި" ނަން ދީފައިވާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަން ހެދުމުގައި ހަރަކާތްތެރިވި ހައުސިން މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައެވެ. 

ޕީޕީއެމްގެ ހަރަކާތްތަކަށް ސަރުކާރުގެ ތަންތަން ދޫކޮށް މަގުތައް ބަންދުކޮށް ކަންކަން ކުރަމުންދާއިރު ސިޔާސީ ހަރަކާތް ހިންގުމަށް ދޫކުރަން ހަމަޖެއްސި ކާނިވާ ސަރަހައްދު ވެސް އިދިކޮޅު ފަރާތްތަކަށް ދުލެއް ނުކުރެއެވެ. އަދި މަގުމަތީގައި ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
33%
0%
0%
0%
67%
ކޮމެންޓް