ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 08:26
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެއެމްވީ
ފާރިސް މައުމޫން
ރައީސް ޔާމީން ކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ދިފާއީ ހިދުމަތްތަކުން ތަބާވާކަށް ނުޖެހޭނެ: ރައީސް ނަޝީދު
 
ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާއި ހިލާފަށް

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ ޣައިރުގާނޫނީ އަމުރުތަކަށް ދިފާއީ ހިދުމަތްތަކުން ތަބާވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށް ޖަލުގައި ބަހައްޓާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ގާނޫނުތަކާއި ހިލާފަށް ފާރިސް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 55 ދުވަސް ވެއްޖެ ކަމަށާއި އެފަދަ ކަންތައްތަކަށް ސަލާމަތީ ހިދުމަތްތަކުން އެއްބާރުލުން ދޭން ނުޖެހޭނެ ކަމަށެވެ. 

 

ފާރިސް ހައްޔަރު ކޮށްފައިވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ހާސިލް ކުރުމަށް ކަމަށާއި އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ފާރިސް ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާގެ ވަކީލުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއަށް ސިޓީ ފޮނުވާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް