ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 07:14
ބ ކަމަދޫގައި ހުކުރު ދުވަހު ބޭއްވި ހިނގާލުން
ބ ކަމަދޫގައި ހުކުރު ދުވަހު ބޭއްވި ހިނގާލުން
ސިމާހާ ނަސީމް
ރޮހެންޖާ މުސްލިމުން
ރޮހެންޖާ މުސްލިމުންނަށް ކަމަދޫން 45،000ރުފިޔާ
 
މި ފައިސާ ހަދިޔާ ކުރާނީ ރާއްޖެ ޓީވީގެ ޓެލެތޯނަށް

ރާއްޖެ ޓީވީން ފަށާ ޓެލެތޯން މެދުވެރިކޮށް ރޮހެންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި ބ. ކަމަދޫގައި ބެހެއްޓި ފަންޑު ފޮއްޓަށް 45000ރުފިޔާ ލިބިއްޖެ އެވެ. 

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ހަވީރު އެރަށުގައި ބޭއްވި ހިނގާލުމަށް ފަހު ބެހެއްޓި ފަންޑު ފޮޓަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމަކީ ވަރަށް އުފާކުރާ ކަމަށެވެ.

"އަޅުގަނޑުމެން މިދެއްކީ ނަމޫނާއެއް. މިވަރުގެ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށަކުން މުސްލިމުން އަޚުންނާއި އުޚުތުންނަށް އެހީވުމަށް ބޮޑު ތަރުހީބެއް ލިބިގެން މިދިޔައީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 

ކަމަދީ އާބާތީ އަކީ ގާތްގަނޑަކަށް 600 މީހުންނަށެވެ. 

މިޔަންމާގެ ސިފައިން ރޮހެންޖާ މުސްލިމުންނަށް ހިންގާ ލާއިންސާނީ އަމަލުތައް ދުނިޔެއިން ކުށްވެރިކުރަމުންދާއިރު ވެސް، އެ ޖަރީމާއަށް ހުއްޓުމެއް ނާދެ އެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
67%
0%
33%
0%
0%
ކޮމެންޓް