ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 23:47
މީކާއީލް ފުލުސް އޮފީހަށް ހާޒިރުވުމުގެ  ކުރިން ފުލުސް އިދާރާކައިިރި އަށް ދިޔަ މީހުންނާއެކު ފޮޓޯއަކަށް ހުއްޓި:--
މީކާއީލް ފުލުސް އޮފީހަށް ހާޒިރުވުމުގެ ކުރިން ފުލުސް އިދާރާކައިިރި އަށް ދިޔަ މީހުންނާއެކު ފޮޓޯއަކަށް ހުއްޓި:--
ރާއްޖެ އެމްވީ
މީކާއިލް ފުލުސް އޮފީހަށް
މީކާއީލް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި
 
އޭނާގެ މައްޗަށް ޖިނާއީ ތަހްގީގެއް ފަށާފައިވަނީ އޭނާ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއަކާ ގުޅިގެން
 
މީކާއިލް މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި ބަޔާން ވަނީ ނަގާފަ

އެމްޑީޕީ ޔޫތް ވިންގްގެ  ރައީސް މީކާއިލް ނަސީމު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

 

ހުކުރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް މީކާއިލްގެ ބަޔާން ނަގާފައިވަނީ އޭނާ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހްމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 615 (ހ)ގެ ދަށުންނެވެ. އެއީ ފުލުހުންގެ މުއައްސަސާއާއި މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ކުށެވެ.

 

މީކާއީލް ބުނީ އޭނާ ފުލުހުން ކޮށްފައިވާ ތުހްމަތުކަށް އިންކާރުކޮށް ބަޔާން ދީފައިވާނެ ކަމަށެވެ.

 

މީކާއިލް އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ފަރާތެކެވެ. އެގޮތުން ސަރުކާރުން ހިންގަމުންދާ ތަފާތު އެކި ކަންކަމަށް ފާޅުގައި މީކާއިލް ފާޑު ކިޔައެވެ.

 

މީކާއިލް އާއެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންވީ ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފާއި ގާނޫނީ ވަކީލް އަބްދުﷲ ޝާއިރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް