ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 14:19
ސުޝާންތު ސިންހް
ސުޝާންތު ސިންހް
ގެޓީ އިމޭޖަސް
ސުޝާންތު
ސުޝާންތު "ރޯމިއޯ އަކްބަރު ވޯލްޓާ" ދޫކޮށްލައިފި
 
ސުޝާންތު މިހާރު ކުރަމުންދާ މަސައްކަތަކީ 3 ފިލްމެއްގެ މަސައްކަތް

އިންޑިއާގެ ފިލްމީ ތަރި ސުޝާންތު ސިންހް "ރޯމިއޯ އަކްބަރު ވޯލްޓާ" ދޫކޮށްލައިފިއެވެ. ސުޝާންތު ބުނީ "ރޯމިއޯ އަކްބަރު ވޯލްޓާ" ދޫކޮށްލީ އޭނާ މާބިޒީވެގެން އުޅޭތީ ޓައިމް ނުދެވިގެންކަމަށެވެ.

އެފިލްމުގައި ސުޝާންތު ކުޅެން ހަމަޖެހިފައިއޮތީ އިންޑިއާގެ ޖާސޫސީ އިދާރާގެ އެޖެންޓެއްގެ ރޯލެވެ.

ސުޝާންތު ބުނެފައިވަނީ އޭނާ އެ ފިލްމު ކުޅެން ބޭނުންވިކަމުގައިވިއަސް އޭނާއަށް ކުޑަ ނަމަވެސް ވަގުތުވީނަމަ އެ ފިލްމު ކުޅޭނެ ކަމަށެވެ. އޭނާ އެ ފިލްމު ކުޅެން ބޭނުންވި ކަމަށާއި އެ ފިލްމުގެ ޕްރޮޑިއުސަރ އަޖޭ ކަޕޫރު ގާތުގައި ފިލްމުގެ ޝެޑިއުލް ހަމައަކަށް އެޅުވުމަށް އޭނާގެ ބިޒީ ޝެޑިއުލުން 15 ދުވަސް ހުސްކޮށްލަދިންކަމަށް ސުޝާންތު ބުންޏެވެ. އެހެން ނަމަވެސް އެ ފިލްމުގެ ޝޫޓިން ނިންމާލެވޭނީ އެންމެ މަދުވެގެން 30 ދުވަހުގެ ތެރޭގައި ކަމަށް އަޖޭ ކަޕޫރު ބުނުމުން އޭނާއަށް އެފިލްމު ދޫކޮށްލުން ނޫންގޮތެއް ނެތީކަމަށް ސުޝާންތު ބުނެފައިވެއެވެ.

ސުޝާންތު މިހާރު ކުރަމުންދާ މަސައްކަތަކީ 3 ފިލްމެއްގެ މަސައްކަތެވެ. އެއީ ހިންދީ ފިލްމު "ޑްރައިވް"، "ޗަންދާ މާމާ ދޫރް ކޭ" އަދި ކެދަރްނާތު"އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް