ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:42
ޒިދާން އަދި ރޮނާލްޑޯ އުފާފާޅު ކުރަނީ
ޒިދާން އަދި ރޮނާލްޑޯ އުފާފާޅު ކުރަނީ
ގޫގުލް
ކުޅިވަރު
ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން
 
ރޮނާލްޑޯ ވަނީ ރިއާލްއާ އެކު ގިނަ ކާމިޔާބީ ތަކެއް ކާސިލް ކޮށްފަ.

ރެއާލްއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

 

މަސްހޫރު ކުޅިވަރު ނޫސް "ބީއިން ސްޕޯޓްސް" އަށް ދިން ހާއްޞަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޒިދާން ބުނީ ނިމިގެން ދިޔަ ސީޒަނުގައިވެސް ރޮނާލްޑޯގެ ފަރާތުން އާދަޔާ ޚިލާފު ކުޅުމެއް ވަނީ ފެނިގެން ގޮސްފައި ކަމަށާއި އެގޮތުން ޖުމްލަ 42 ލަނޑު އޭނާ ރެއާލް އަށް ކާމިޔާބު ކޮށްދީފައިވާ ކަމަށެވެ.

 

ރެއާލް އިން ހޯދާ ހުރިހާ ކާމިޔާބީ ތަކެއްގެ ވެސް އެންމެ ބޮޑު ހިއްސާދާރަކީ ރޮނާލްޑޯ ކަމަށާއި އެގޮތުން އޭނާ ވަނީ އެންމެ ފަހުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ހޯދުމުގައި ބޮޑު ދައުރެއް އަދާކޮށްފައި ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

ރޮނާލްޑޯ އަށް ތައުރީފު ކުރަމުން ޒިދާން ބުނީ ރެއާލްގެ ތިބި ހުރިހާ ކުޅުންތެރިންނަކީވެސް މޮޅު ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯ ޚާއްޞަ ކަމަށެވެ.

" ސާޖިއޯ ރާމޮސް އަކީ ލީޑަރެއް. ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއް. އަދި ބެންޒެމާއަކީ ހުނަރުވެރިއެއް." ޒިދާން ބީއިން ސްޕޯޓްސްއާ ވާހަކަދައްކަމުން ބުންޏެވެ.

ޒިދާން ބުނީ 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލް އަށް ބަދަލުވި ފަހުން އެއްވެސް ތަފާތެއް ނެތި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަކަމަށެވެ.

އެގޮތުން ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ "ބެސްޓް" ކުޅުންތެރިޔާ ކަމަށް ޒިދާން ބުންޏެވެ.

ޒިދާން ބުނީ ރޮނާލްޑޯ އަކީ ގެންގުޅެންވެސް ވަރަށް ފަސޭހަ އަމިއްލަ އަށް ކުރިއަރަން މަސައްކަތް ކުރާ ހާޑް ވޯކިންގް އިންޓެލިޖެންޓް ކުޅުންތެރިއެއް ކަމަށާއި އެގޮތުން ރޮނާލްޑޯ އަކީ ހަމަ ބެސްޓް ކަމަށެވެ.

" ރޮނާލްޑޯއާ މެދު މާގިނަ ވާހަކަ ނުދެއްކޭނެ. އޭނާއަކީ ނަމޫނާ ކުޅުންތެރިއެއް. އަމިއްލަ މަސައްކަތުން ކުރިޔައްދާ އަދި ކުރިއަރަމުން އަންނަ ކުޅުންތެރިއެއް. ރޮނާލްޑޯ އަކީ ހަމަބެސްޓް." ޒިދާން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
75%
0%
25%
0%
0%
ކޮމެންޓް