ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 12:13
ރާއްޖެޕްލަސް ލޯންޗް ކުރުމުގެ ތެރެއިން
ރާއްޖެޕްލަސް ލޯންޗް ކުރުމުގެ ތެރެއިން
ރިޒްނާ ޒަރީރު
ރާއްޖެ ޕްލަސް ލޯންޗް ކުރުން
ރާއްޖެ ޕްލަސްގެ ނަމުގައި އެންޓަޓައިންމެންޓް ޗެނަލެއް އިފްތިތާހް ކޮށްފި
 
ހެނދުނު އަށަކުން ފެށިގެން 12 ޖެހުމާއި ހަމައަށް ބްރޯޑްކާސްޓްކުރާނެ
 
މިވަގުތު ފެންނަމުންދާނީ ހަމައެކަނި ދިރާގު ޓީވީން

ރާއްޖެ ޕްލަސްގެ ނަމުގައި އާ އެންޓަޓެއިންމެންޓް ޗެނަލެއް ތައާރަފް ކޮށްފި އެވެ 

ހުކުރު ދުވަހު ތައާރަފު ކުރި މި ޗެނަލުން މުނިފޫހި ފިލުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭނެ އެވެ. 

މި ވަގުތު ހެނދުނު  އަށަކުން 12 އަށް  ބްރޯޑްކާސްޓްކުރާ މި ޗެނަލް ލިބޭނީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. ނަމަވެސް، މީޑިއާނެޓް މެދުވެރިކޮށް ވެސް ޗެނަލް ލިބޭނެ އިންތިޒާމު، ހަމަޖައްސާނެ ކަމަށް ރާއްޖެ ޕްލަސް ހިންގާ އާރު ޕްރޮޑަކްޝަނުން ބުންޏެވެ. 

ރާއްޖެޓީވީގެ ދަށުން ހިންގާ ރާއްޖެޕްލަސް ރަސްމީކޮށް އިފްތިތާހުކުރުން މި އަހަރު ފަހުކޮޅު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. 

"އެ ހިސާބަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކޮންޓެންޓް މުއްސަނދި ކުރުމަށް. މުނިފޫހި ފިލުވުމުގެ ދާއިރާގެ މީހުންނާއެކު މިހާރު ވެސް މިދަނީ އެއްބަސްވުންތައް ހަދަމުން،" ރާއްޖެ ޕްލަސްގެ އޮފިޝަލަކު ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި، ރާއްޖެ ޓީވީ ގޮތަށް ރާއްޖެ ޕްލަސް އަކީ ވެސް ވަރުގަދަ ޗެނަލަކަށް ހެދޭނެ ކަމުގެ އުއްމީދު އެބަ އޮތެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
6%
86%
0%
6%
3%
0%
ކޮމެންޓް
8 ސެޕްޓެންބަރ 2017 | ހުކުރު 10:41
ނިޔާޒު
މިހާރުވެސް ސަފާރީގަ މިބަލަނީ އައި އެސް ޑީ ބީ މެދުވެރިކޮށް ރާއްޖެޓީވީ ރާއްޖެ ޕުލަސް އޭގެން ފެންނާނެތޯ