ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:48
އެމްބާޕޭ ޕީއެސްޖީގެ ޖާޒީގައި
އެމްބާޕޭ ޕީއެސްޖީގެ ޖާޒީގައި
ޓްވިޓަރ
ކިލިއަން އެމްބާޕޭ
ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ
 
އާސެނަލް ރިޖެކްޓް ކޮށްލި ނަމަވެސް އެ ޓީމަކީ އަދިވެސް ޔޫރަޕުގެ ގަދަ ބާރެއް: އެމްބާޕޭ
 
އެންމެ ފަހު ވަގުތު ނިންމީ އަމިއްލަ ގައުމުގައި މަޑުކުރަން: އެމްބާޕޭ
 
އޭނާ ޕީއެސްޖީއަށް ބަދަލުވީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން

ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ އާސެނަލްގެ ހުށަހެޅުން ރިޖެކްޓް ކުރުމަށްފަހު ކަމަށް ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ވަނީ އޭނާގެ ކެރިއަރު ފެށި އޭއެސް މޮނާކޯ ދޫކޮށްލުމަށްފަހު ވާދަވެރި ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދައްކާލުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެމްބާޕޭ ބުނެފައިވަނީ އާސެނަލްގެ ކޯޗު އާސެން ވެންގާ އޭނާއާ ވަކިން ބައްދަލުކުރި ކަމަށާ އަދި އާސެނަލްއަށް ބަދަލުވުމަށް އޭނާގެ ގާތުގައި އެދުނު ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު ނިންމީ އަމިއްލަ ގައުމުގައި މަޑުކުރަން ކަމަށާއި އެހެންކަމުން އާސެނަލްގެ ހުށަހެޅުމަށް ފުރަގަސްދީ ޕީއެސްޖީއާ ގުޅުނީ ކަމަށެވެ. 

އޭނާ ގަބޫލްކުރާ ގޮތުގައި އާސެނަލްއަށްވުރެ ކުރިޔަށް ދިއުމުގެ ފުރުސަތު ބޮޑީ ޕީއެސްޖީއަށް ބަދަލު ވެގެން ކަމަށާ އެހެން ކަމުން އޭނާގެ ނިންމުން ބަދަލު ނުކުރީ ކަމަށް އެމްބާޕޭ ބުންޏެވެ. އަދި އާސެން ވެންގާއަކީ ފްރާންސްގެ ފުޓުބޯޅައިގެ މައިދާނުގައި ވަރަށް މީހުންގެ ގަދަރު އޮންނަ ކޯޗެއް ކަމަށާއި އާސެނަލް ރިޖެކްޓް ކޮށްލި ނަމަވެސް އެ ޓީމަކީ އަދިވެސް ޔޫރަޕުގެ ގަދަ ބާރެއް ކަމަށް ގަބޫލް ކުރާ ކަމަށް އެމްބާޕޭ ހާމަކުރިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެމްބާޕޭ ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް އޭނާ މަސައްކަތް ނުކުރާ ކަމަށާ މިހާރުވެސް ޕީއެސްޖީގައި އެ މަގާމު ހޯދޭ ފެންވަރުގެ ކުޅުންތެރިޔެއް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ބުނީ ނޭމާއަށް އެ އެވޯޑު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށާ އަދި ނޭމާއަކީ ޕީއެސްޖީއަށް ގިނަ ތަށިތަކެއް ކާމިޔާބު ކޮށްދެވޭނެ ފެންވަރު ހުރި ކުޅުންތެރިޔެއް ކަމަށެވެ.

ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ވުމަށް އެ ކްލަބުން މަސައްކަތް ކުރަމުންދާތީ ޕީއެސްޖީގެ ޕްލޭންގެ ދަށުން އޭނާގެ ފުރިހަމަ ކުޅުން ދެއްކޭނެތީ ކަމަށް އެމްބާޕޭ ބުންޏެވެ.  

އުމުރުން 18 އަހަރުގެ އެމްބަޕޭ ވަނީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން މޮނާކޯގައި ހޭދަކުރި ދެ ސީޒަނުގައި އެ ޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މޮނާކޯއިން މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކުރިއިރު މުހިންމު ރޯލެއް އަދާކޮށް ފްރާންސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް