ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 08:50
"ހައްދު" ގެ ޓްރެއިލާ
"ހައްދު" ގެ ޓްރެއިލާ
ފޭސްބުކް
"ހައްދު"
"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ
 
ޕްރިމިއާ ކުރުމުގެ ގޮތުން މިއަދު ހަވީރު 4 ޖަހާއިރު ރެޑްކާޕެޓް އިވެންޓެއް އޮންނާނެ

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ ޕްރިމިއާ ކުރުން ތަފާތުވާނެކަމަށް އޭނާ ބުނެފިއެވެ.

މިއަދު ހަވީރު 4 ޖަހާއިރު "ހައްދު" ޕްރިމިއާ ކުރުން މާލޭ ޝްވެކްސިނަމާގައި އޮންނާނީ ރެޑްކާޕެޓް އިވެންޓަކާއި އެކީގައެވެ.

ފައްތާހު ބުނީ މި ފިލްމު ދިވެހި ސިނަމާގެ ރެކޯޑް މުގުރާލާނެކަމަށެވެ.

ފައްތާހު ބުނީ މާލޭ ޝްވެކް ސިނަމާއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި އަދި މިރޭ 8:30 އިން ފެށިގެން ފިލްމު އަޅުވަން ފަށާނެކަމަށެވެ. އަދި މިރޭ 9 ޖަހާއިރު އޮލިމްޕަހުގައި އަޅުވާނެކަމަށެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ. މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ފައިރޫޒު ފެނިގެންދާނެއެވެ.

"ހައްދު" މިއަދު ސިނަމާތަކަށް އަންނައިރު މާދަމާ އައްޑޫ ހިތަދޫއާއި މަރަދޫފޭދޫގައި ފިލްމު  ޕްރިމިއާ ކުރާނެއެވެ.  އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީގައި ޕްރިމިއާ ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ބައެއް ރިސޯޓުތަކުގައި ތަރުހީބު ލިބެމުންދާވަރަކަށް ފިލްމު ދައްކަން ހަމަޖެހިފައިވާކަމަށް ފައްތާހު ވަނީ ބުނެފައެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ.

މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
25%
0%
0%
63%
13%
0%
ކޮމެންޓް