ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:54
1970ގެ ފަހުކޮޅުން ފެށިގެން މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ ރަކީން ސްޓޭޓް ދޫކޮށް ގޮސްފަ
1970ގެ ފަހުކޮޅުން ފެށިގެން މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ ރަކީން ސްޓޭޓް ދޫކޮށް ގޮސްފަ
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟
 
1970ގެ ފަހުކޮޅުން ފެށިގެން މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ ރަޚައިން ސްޓޭޓް ދޫކޮށް ގޮސްފަ
 
އދން ލަފާކުރާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގައި 420،000 އަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން އުޅޭނެ

ލާއިންސާނީ އަނިޔާތަކަށް ކެތްނުކުރެވިގެން 1970 ގެ ފަހުކޮޅުން ފެށިގެން މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ ރަޚައިން ސްޓޭޓް ދޫކޮށް ގޮސްފައެވެ.

އެންމެ ފަހުން މެއި މަހާ ހަމައަށް ލިބެން ހުރި އދ ގެ ތަފާސް ހިސާބަށް ބަލާއިރު 2012 ވަނަ އަހަރުން ފެށިގެން 168،000 ރޮހިންޖާ މުސްލިމުން ގައުމު ދޫކޮށް ގޮސްފައިވެއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން އިން ބުނާގޮތުގައި މިދިޔަ އަހަރު ފެށުނު ހަމަނުޖެހުމާއި ގުޅިގެން އޮކްޓޯބަރ 2016ން ޖުލައި 2017 އަށް 87،000 ރޮހިންޖާ މުސްލިމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝައަށްވަނީ ގޮސްފައެވެ.

ރޮހިންޖާ މުސްލިމުންގެ އެތައްބަޔަކު ގެންދަނީ ބޭ އޮފް ބެންގަލް އާ އަަންޑަމަން ކަނޑު ހުރަސްކޮށް ބޯޓް ފަހަރުގައި މެލޭޝިއާއަށް އެރުމަށްވެސް އެމީހުންގެ ފުުރާނަ ނުރައްކަލަށް ހުށަހަޅަމުންނެވެ.2012 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު 112،000 މީހުން މި ނުުރައްކާތެރި ދަތުރުކޮށްފައިވެއެވެ.

އދން ލަފާކުރާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގައި 420،000 އަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން އުޅޭނެއެވެ.

ގާތްގަނޑަކަށް 120،000 ރޮހިންޖާ މުސްލިމުން އެ ގައުމުގެ އެތެރޭގައި ވަޒަނުން ބޭރުވެގެން ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވެއެވެ.

މިޔަންމާގެ އިރުއުތުރުގައި އޯގަސްޓް މަހުގެ ފަހުކޮޅު ހިނގަންފެށި ހަމަނުޖެހުންތަކުގަައި 58،000 ރޮހިންޖާ މުސްލިމުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަނގްލަދޭޝްއަށް ވަދެފައިވާއިރު ދެ ގައުމުގެ މެދުގައިވާ މީހުން ނޫޅޭ ސަރަހައްދެއްގައި 10،000 އެއްހާ މީހުން ތާށިވެފައިވާކަމަށް އދ.އާ ހަވާލާދީ ރޮއިޓަރސް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް