ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 00:27
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވީލިން ވިޝަންސް" އާރޓް އެގްޒިބިޝަން
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވީލިން ވިޝަންސް" އާރޓް އެގްޒިބިޝަން
ފޭސްބުކް
އާރޓް އެގްޒިބިޝަން
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން "އަންވީލިން ވިޝަންސް" ގެ ނަމުގައި އާރޓް އެގްޒިބިޝަނެއް ބާއްވަނީ
 
އެގްޒިބިޝަން ކުރިއަށްދާނީ ހެނދުނު 10 އަކުން ހަވީރު 6 އަކަށާއި ރޭގަނޑު 8 އަކުން 11.30 އަށް
 
މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން "އަންވIލިން ވިޝަންސް" ގެ ނަމުގައި އާރޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފިއެވެ.

މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް ނެޝެނަލް އާރޓް ގެލަރީގައެވެ.
މި އެގްޒިބިޝަންއަށް ވަނުމަށްޓަކައި ފީއެއް ނަގާނެކަމަށް މެކް އިން ބުންޏެވެ. އެގޮތުން ފަތުރުވެރިންގެ އަތުން ދެ ޑޮލަރު ނަގަން ހަމަޖެހިފައިވާއިރު އާންމުގެ އަތުން 20 ރުފިޔާ ނެގާނެކަމަށް މެކް އިން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އިހްފާލް އަހްމަދު (އިއްފަ) ވިދާޅުވީ މި އެގްޒިބިޝަން އަކީ މުޅި ރާއްޖެއަށް މެކްގެ ފަރާތުން ހުޅުވާލާ ފުރަތަމަ އެގްޒިބިޝަން ކަމަށެވެ. އަދި މި އެގްޒިބިޝަންގައި ބައިވެރިވުމަށްޓަކައި 108 ކުދިން ނަން ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް މެކްގެ ފަރާތުން ހޮވާފައިވަނީ 50 ކުދިންކަމަށް އިއްފަ ވިދާޅުވިއެވެ.

އިއްފަ ވިދާޅުވީ އެގްޒިބިޝަންގެ ކޮންމެ ބައިވެރިއަކު ދެ ކުރެހުމެއް ފެނިގެންދާނެ ކަމަށާއި މި އެގްޒިބިޝަނަށް ކުދިން ހޮވާފައިވަނީ އެކުދިން ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެގްޒިބިޝަންގައި "ބެސްޓް ވައިބްރަންޓް އާރޓިސްޓް އޮފް ދަ އިޔަރ 2017" ގެ އެވޯޑް ތައާރަފުކޮށް، އެވޯޑް ހަވާލުކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްފަ އިތުރަށް ވިދާޅުވީ އެގްޒިބިޝަންގައި ބައިވެރި 99 އިންސައްތަ ކުދިންނަކީ ޒުވާން އުމުރުފުރާއިގެ ކުދިން ކަމަށެވެ.

މި އެގްޒިބިޝަންގައި ބައިވެރިވި ކުރެހުންތެރިއެއް ކަމަށްވާ އަހްމަދު އަޒްމީ (ބާޗީ) ބުނީ މެކްގެ ފަރާތުން މިކަހަލަ ފުރުސަތެއް ހުޅުވާލިކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި މިއީ ހުރިހާ ކުރެހުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށްޓަކައި ހުޅުވުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

މެކް އިން ބުނީ ހަ ދުވަހުވެސް އެގްޒިބިޝަން ކުރިއަށްދާނީ ހެނދުނު 10 އަކުން ހަވީރު 6 އަކަށާއި ރޭގަނޑު 8 އަކުން 11.30 އަށް ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް