ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 18:29
ރާއްޖޭގެ މޫސުން ދައްކައިދޭ ސެޓްލައިޓް ފޮޓޯއެއް--
ރާއްޖޭގެ މޫސުން ދައްކައިދޭ ސެޓްލައިޓް ފޮޓޯއެއް--
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
މޫސުން
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓް ނެރެފި
 
ދެކުނުގެ އަތޮޅުތަކުގެ ރަށްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައިވޭ
 
ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައި ގަދަވާނެ
 
ވައިޓް އެލާޓް ނެރެފައިވަނީ މ. އައޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ފަލާ ކުރެވޭތީ ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 22:30 އާ ހަމައަށް މ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދޭރޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދު ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ގުގުރުމާއިއެކު ކެރީގެއަސަރުފޯރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި މުސުން ގޮސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް