ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 12:26
ތޫފާން ހާވީ އެރުމުގެ ސަބަބުން ޓެކްސަސްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި
ތޫފާން ހާވީ އެރުމުގެ ސަބަބުން ޓެކްސަސްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި
ސީ.އެން.އެން
ތުފާން ހާވީ
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް
 
ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް އެރި ތޫފާން ހާވީގެ ސަބަބުން ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ސްޓޭޓަށް ބޭނުންވާ ކަަމަށް ޓެކްސަސްގެ ގަވަނަރ ގްރެގް އެބޮޓް ވިދާޅުވެއްޖެއެެެވެ. 

ގްރެގް އެބޮޓް ވިދާޅުވީ އެމެރިކާގެ ނިއު އޯލެންސް ސިޓީއަށް 2005 ވަނަ އަހަރު އެރި ހަރިކޭން ކެޓްރީނާ އިން ލިބުނު ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ޓެކްސަސް ސިޓީއަށް ތޫފާން ހާވީ އެރުމުގެ ސަބަބުން ލިބިފައިވާ ކަމަށެވެ.  

ތޫފާން ހާވީ އެރުމުގެ ސަބަބުން ޓެކްސަސް ސްޓޭޓް އިން 47 މީހަކު މަރުވެފައިވާ  ކަމަށް ބެލެވޭއިރު ވަގުތީ ހިޔާތަކުގައި 43000 މީހުން ވަނީ ބައިތިއްބާފައެވެ. 

އެމެރިކާއަށް އަރާފައިވާ ތޫފާން ހާވީ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ޓެކްސަސް ސްޓޭޓުގައި ފެންބޮޑުވެފައި ވާތީ އެ ސްޓޭޓަށް އެހީވުމަށް އެހީގެ ގޮތުގައި 7.8 ބިލިއަން ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ. ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ކޮންގްރެސްގައި އެދިވަޑައިގެންނެވި 7.8  ބިލިއަން ޑޮލަރަކީ، އެހީގެ ފުރަތަަމަ ޕޭމަންޓެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށް ވާއިރު، ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރު ކަމަށެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް