ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 21:32
އަބްދުﷲ ޝާހިދު ފުލެހެއް ކައިރި މަޑުކޮށްލައްވައިގެން:- މިޔަންމާ މައްސަލާގައި ވަނީ ވާހަކަ ދައްކަވާފައި
އަބްދުﷲ ޝާހިދު ފުލެހެއް ކައިރި މަޑުކޮށްލައްވައިގެން:- މިޔަންމާ މައްސަލާގައި ވަނީ ވާހަކަ ދައްކަވާފައި
މުހައްމަދު ޝަރުހާން
އަބްދުﷲ ޝާހިދު
މިޔަންމާގެ އެއްވެސް ވަޒީރަކަށް ދިވެހި ފަސްގަނޑުން މަރުހަބާއެއް ނުކިޔޭނެ : ޝާހިދު
 
މިޔަންމާއިން ގެންދަނީ މައުސޫމު މުސްލިމް ތުއްތު ކުދިން ކަތިލަމުން

މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ގައުމުން މަރުހަބާ ނުކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

 

ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ  ޝާހިދު އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މައުސޫމް މުސްލިމް ތުއްތު ކުދިންނާއި އަހުންނާއި އުޙްތުން ކަތިލަމުންދާ މިންޔަންމާގެ  އެއްވެސް ވަޒީރަކަށް މަރުހަބާ ނުކިޔޭނެ ކަމަށެވެ.

 

އަބްދުﷲ ޝާހިދު މި މޭރުމުން ވާހަކަ ދެއްކެވިއިރު މިޔާންމާގައި އުޅެމުންދާ ރޮހިންޖާ ދަރިކޮޅު ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ އެންމެ އަސާސީ  ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް މިޔަންމާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އޮއުންގ ސަން ސޫ ކީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

 

މިޔަންމާގެ ރޮހިންޖާ ގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި މިޔަންމާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

މިޔަންމާގެ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓްގެ ވަރަށް ގިނަ ތަންތަނުގައި ރޯކޮށް ލާއިންސާނީ އަމަލުތައް ހިންގުން މިދުވަސްވަރު އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ.

 

އެ ސްޓޭޓަށް އިންސާނީ ހައްގުތަކަށް މސައްކަތް ކުރާ ބައިނަލްއަގްވާމީ މޮނީޓަރުންނަށް ނުވަދެވޭ އިރު އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބަންގްލަދޭޝްއަށްވެސް ހިޖުރަކުރަމުންނެވެ. އެގޮތުން ގާތްގަނޑަކަށް 58000 މިޔަންމާގެ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދު އަންދަމުންދަނީ ހައްދުފަހަނައަޅާފައިވާ  ބުޑިސްޓު މީހުންނެވެ. އެގައުމުގެ މެޖޯރިޓީ އަކީވެސް ބުޑިސްޓުންނެވެ. ރާކީން ސްޓޭޓްއަކީ މިޔަންމާގެ އެންމެ ފަގީރު އެއް ސްޓޭޓް އެވެ. އެސިޓީގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށް ވުރެ ގިނަމީހުން ދިރިއުޅެމުންދެ އެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ގިނަ ދުވަސްތަކެއްވެ ހައްލުނުވެ އޮތް މައްސަލައެކެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
4 ސެޕްޓެންބަރ 2017 | ހޯމަ 10:23
ޔާމީން2018
އދ ތިކިޔަނީ ވަރަށްވެސް ހީލަތްތެރި ޖަމާއަތަކަށް، އެބައިގަނޑުން ކާން ނުދީ މުސްލިމަކު މަރާކަށް ޖެހިލުމެއް ނުވާނެ..
4 ސެޕްޓެންބަރ 2017 | ހޯމަ 10:22
ޔާމީން2018
މުސްލިމެއްވެއްޖިއްޔާ މިހާރު ދުނިޔޭގައި މުސްލިމުންނާ ދޭތެރޭ އަމަލުކުރަމުންމިދާގޮތް ވަަރަށް ސާފުކޮއްފެންނާނެ! އ.ދ ގެ ބާރުގަދަ އަތް މިޔަންމާގެ މުސްލިމުން މަރާއިރު ނުފޯރައިގެން އެއުޅެނީ ކީއްވެގެންތޯ؟؟ އ.ދ ސަލާމަތީ ފައުޖުވާގިނެތިފައިތޯ؟؟ މިޔަންމާގައިވެސް ފަށާފައިތިވަނީ ފަލަސްތީނުގައިވެސް ކުޅެމުންދާ ގޭމް އެއީ ނަސްލު ނައްތާލުން މުސްލިމުން ކުޑަކޮއް ކެކިލޭހޫނުވެލާއިރަށް ހުއްޓާލާނެ އަނެއްކާ ދުވަސްކޮޅެއްފަހުން އަނެއްބުރައް ފަށާނެ އިންސާﷲ އަަބަދު މުސްލިމުންނާ ދޭތެރޭ ތިގޭމް ކުޅޭކަށް މުސްލިމުންނެއް ޖާގައެއްނުދޭނެ!