ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 11:43
"ޔޭޔޭ ކޮފީ" ގެ އަގު ބޮޑު ޕްރޮމޯޝަނެއް ފެށުން
"ޔޭޔޭ ކޮފީ" ގެ އަގު ބޮޑު ޕްރޮމޯޝަނެއް ފެށުން
ރިޒްނާ ޒަރީރު
ބީއެޗްއެމް ޕްރޮމޯޝަން
ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް
 
ކޯޑު އެސްއެމްއެސް ކުރައްވާނީ 5757

ބީއެޗްއެމް ޓްރޭޑާސްއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ "ޔޭޔޭ ކޮފީ" ގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

 

ސިޕް އެންޑް ވިންގެ ނަމުގައި ސެޕްޓެމްބަރ 1 އިން ފެށިގެން ޖެނުއަރީ 31، 2018ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު 15 ލެޕްޓޮމް ލިބޭނެއެވެ.  ޑެލް ވޮސްޓްރޯ މަލްޓި މީޑިޔާ 15 ލެޕްޓޮޕްގެ އިތުރުން ގްރޭންޑް ޕްރައިޒްއަކަށް ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕްއެއް ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ.

 

މީގެ އިތުރުން މިޕްރޮމޯޝަންގައި ބައިވެރިވާ ފަރާތުގެ ތެރެއިން ކޮންމެ ދުވަހަކު ފަންސާސް ބޯނަސް އިނާމް ލިބޭއިރު އޭގެ ތެރޭގައި ކޮފީ ބޮޑެތި ޕެކެޓާއި، ޓީޝާޓް އަދިވެސް ތަފާތު ގިނަ އިނާމްތައް ވަނީ ހިމަނާފައެވެ.  

 

ކޮންމެ ކުޑަ ދިހަ ޕެކެޓަކަށް ކޫޕަނެއް ދޫކުރާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބޮޑު ޕެކެޓަކާއެކު ފަސް ކޫޕަން ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ.

ކޫޕަނުގައި ފޮރުވިފައިވާ ކޯޑު އެސްއެމްއެސް ކުރައްވާނީ 5757 އަށެވެ.

 

މިޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާއާއި ހަމައަށް ތަފާތު އަގު ހުރި އިނާމްތައް ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް