ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 11:24
ބާދްޝާހޯ ގެ ޕޯސްޓަރ
ބާދްޝާހޯ ގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
ބާދްޝާހޯ
އަޖޭގެ "ބާދްޝާހޯ"އަށްފުތަރަމަ ދުވަހުވެސް 10.24 ކުރޯޑް ރުޕީސް
 
"ބާދްޝާހޯ" އަކީ 1975 ވަނަ އަހަރު އިންޑިއާގައި އިއުލާންކޮށްފައި އޮތް ކުއްލިހާލަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް

އަޖޭ ދޭވްގަންގެ "ބަދްޝާހޯ"އަށް ފުރަތަމަ ދުވަހުވެސް 10.24 ކުރޯޑް އިންޑިއަން ރުޕީސް ލިބިއްޖެއެއެވެ.

މިއީ މިފަހަކަށް އައިސް އިންޑިއާގެ ސިނަމާތަކަށް އައި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ފުރަތަމަ ދުވަހު ލިބުނު ފިލްމެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އަޖޭ ދޭވްގަންގެ އިތުރުން އިމްރާން ހާޝިމީ، އީޝާ ގުޕްތާ އަދި އިލިއާނާ ދި ކްރޫޒްއެވެ.

މިއީ އަޖޭ އާއި އިމްރާން އެކުގައި ކުޅުނު ތިން ވަނަ ފިލްމެވެ. އެ ދެ މީހުން މީގެ ކުރިން ވަނަ ހަމަ މިލަން ޑައިރެކްޓް ކުރި "ވަންސް އަޕޮން އައި ޓައިމް އިން މުބްމާއީ" އާއި މަދޫރް ބަންޑާކަރްގެ "ދިލް ތޯ ބައްޗާ ހޭ ޖީ" ގައި މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން "ބާދްޝާހޯ" އަކީ އިލިއާނާ އާއި އީޝާ ވެސް އެކުގައި ކުޅުނު ދެ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރާ އެކު "ރުސްތުމް" އިންނެވެ.

"ބާދްޝާހޯ" އަކީ 1975 ވަނަ އަހަރު އިންޑިއާގައި އިއުލާންކޮށްފައި އޮތް ކުއްލިހާލަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް