ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 07:48
ދިވެހި ހައްޖުވެރިން ހޮނިހިރު ދުވަހުގެ ރޭ ޖަމްރާއަށް ހިލަ އުކަން ދަނީ
ދިވެހި ހައްޖުވެރިން ހޮނިހިރު ދުވަހުގެ ރޭ ޖަމްރާއަށް ހިލަ އުކަން ދަނީ
ޓްވިޓަރ
ހައްޖު 1438
ގެއްލުނު ދިވެހި ދެ ހައްޖުވެރިންގެ ތެރެއިން އެކަކު ފެނިއްޖެ
 
ވެލިދޫ އަންހެން މީހާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު
 
ގެއްލުނީ ވެލިދޫ އަންހެނެއް އަންހެނަކާއި ނައިފަރު ފިރިހެނެއް
 
ހައްޖު ކޯޕަރޭޝަނުން ބަހެއް ނުބުނޭ

މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލުނު ދެ ހައްޖުވެރިންގެ އެކަކު ފެނިއްޖެއެވެ.

މިނާގައި ހުރި މިހާރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހްމަދު އަބްދުﷲ ސައީދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ ދެ މީހުންގެ ތެރެއިން ފެނިފައިވަނީ އުމުރުން 63 އަހަރުގެ ނ. ވެލިދޫ އަމީނާ ހަސަން ކަމަށެވެ. އޭނާ ފެނިފައިވަނީ ސައީދު ބުނި ގޮތުގައި  މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިދުލް ކުވެއިތު ކައިރިން، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެވެ. 

އަދިވެސް ނުފެންނަނީ ޅ. ނައިފަރު ފިރިހެނެއް ކަމަށް ސައީދު ބުންޏެވެ. ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފެނުނު އަންހެން މީހާ އާއި އަދި ވެސް ހޯދަމުން އަންނަ ނައިފަރު މީހާގެ މައުލޫމާތު ސައުދީ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށް ސައީދު ބުންޏެވެ. 

މިކަމާއި ގުޅިގެން އަދި ހައްޖު ކޯޕަރޭޝަނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ، އެހެން ބައެއް މީހުން ވެސް ގެއްލުނެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ފެނިފަ އެވެ. 

މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
3 ސެޕްޓެންބަރ 2017 | އާދީއްތަ 23:10
ޖާނޭ
ބަހެއް ނުބުނެ ފިލާ ތިބެފަ ދިރިހުއްޓާ ފެނިއްޖިއްޔާ ހީވާނީ އަފިހުން ކައިގެން އުޅޭހެން