ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 09:45
ނާކާމިޔާބުވި ބަޣާވާތުގެ ތެރެއިން 300 މީހުން މަރާލެވުނު އިރު އެތައް ބަޔަކު ހައްޔަރު ކުރެވުނެ
ނާކާމިޔާބުވި ބަޣާވާތުގެ ތެރެއިން 300 މީހުން މަރާލެވުނު އިރު އެތައް ބަޔަކު ހައްޔަރު ކުރެވުނެ
ބީބީސީ
ތުރުކީގެ ބަޣާވާތް
ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި
 
ނާކާމިޔާބުވި ބަޣާވާތުގެ ތެރެއިން 300 މީހުން މަރާލެވުނު އިރު އެތައް ބަޔަކު ހައްޔަރު ކުރެވުނެ
 
ތުރުކީގެ ނާކާމިޔާބު ބަޣާވާތް ހިނގާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ގައި
 
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެންޓަލްޔާ އެއާޕޯޓުން

ތުރުކީއަށް އުފަން ޖަރުމަނުގެ ދެ ރައްޔިތަކު ތުރުކީގެ އިދާރާތަކުން ހައްޔަރުކޮށްފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އަނަދޮލޫ ނޫސް އޭޖެންސީން ހުކުރު ދުވަހު ބުނީ ޖަރުމަނުގެ ދެ ރައްޔިތުން ހައްޔަރުކުރީ މިދިޔަ އަހަރު އެ ގައުމަށް ގެންނަންއުޅެ ނާކާމިޔާބުވީ ބަޣާވާތުގެ މުގުލުގައި ހުރިކަމަށް ތުރުކިގެ ސަރުކާރުން ތުހުމަތުކުރާ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންގެ ހަރަކާތާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގަށް ކަމަށެވެ.

ފުލުހުންނާ ހަވާލާދީ އަނަދޮލޫ ބުނެފައިވަނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެންޓަލްޔާ އެއާޕޯޓުން ކަމަށެވެ. އެ އެޖެންސީން ބުނާގޮތުން އެމީހުންނާ ދަނީ ސުވާލުކުރެވެމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާންގެ ސަރުކާރާ ދެކޮޅަށް 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ގެންނަންއުޅުނު ބަޣާވާތަށްފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕްގެ އެތައް ރައްޔިތަކުވަނީ ހައްޔަރުކޮށްފައެވެ.

"އަޅުގަނޑުމެން މިދަނީ އެމީހުންގެ މައްޗަށް ކޮށްފައިވަނީ ކޮން ދައުވާއެއްކަން ސާފުވޭތޯ ބަލަމުން" ހުކުރު ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޖަރުމަނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިއާ އަދިބާރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަނީ އެއީ ސިޔާސީ ދައުވާއެއްކަމަށް ނޫނީ ތުރުކީގައި މިވަގުތު ހައްޔަރުކޮށްފައިވާ ޖަރުމަނުގެ އެހެން ރައްޔިތުން ފަދައިން ޓެރެރިޒަމްގެ ތުހުމަތު ކަމަށް"

އެކަމަނާ ވިދާޅުވީ ޑިޕްލޮމޭޓަކާއި އަދި ގުޅިފައިނުވާ ކަމަށާއި ހުކުރު ދުވަސް ދިމާވެފައިވަނީ މުސްލިމުންގެ އީދު ދުވަސްކަމަށްވެފައި ބަންދު ދުވަހެއްކަމަށްވުމުން ލަސްވަނީ ކަމަށް ވެދާނެ ކަމަށެވެ.

ނާކާމިޔާބުވި ބަޣާވާތުގެ ތެރެއިން 300 މީހުން މަރާލެވުނު އިރު އެތައް ބަޔަކު ހައްޔަރު ކުރެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް