ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 13:47
ފްރާންސްއަށް ލަނޑު ޖަހައިދިނުމަށްފަހު ލެމާ އުފާ ފާޅުކުރަނީ
ފްރާންސްއަށް ލަނޑު ޖަހައިދިނުމަށްފަހު ލެމާ އުފާ ފާޅުކުރަނީ
ގޫގުލް
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން: ފްރާންސް، ޕޯޗުގަލް އަދި ބެލްޖިއަމް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
 
ބެލްޖިއަމްއިން ވަނީ 9-0 އަކުން ޖިބްރަލްޓާ ބަލިކޮށްފަ
 
ޕޯޗުގަލްއާ ފެރޯ އައިލެންޑްސް ވާދަކުރި މެޗު ޕޯޗުގަލްއިން ކާމިޔާބު ކުރީ 5-1 އަކުން
 
ފްރާންސާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުން

ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސާއި ޕޯޗުގަލް އަދި ބެލިޖިއަމް ކުޅުނު މެޗުތަކުން އެ ޓީމުތަށް ތަފާތު ބޮޑުކޮށް މޮޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ފްރާންސާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތޯމަސް ލެމާ ގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އޭނާ ވަނީ ފްރާންސްއަށް ދެ ގޯލު ޖަހައިދީފައެވެ. އޭނާގެ އިތުރުން އެންޓޮއީން ގްރީޒްމަން އަދި ކިލިއަން އެމްބާޕޭވެސް ވަނީ މި މެޗުގައި ލަނޑު ޖަހާފައެވެ.

މި ގްރޫޕުގައި ބަލްގޭރިއާ އާއި ސުވިޑެން ބައްދަލުކުރި މެޗު 3-2 އަކުން ކާމިޔާބު ކުރީ ބަލްގޭރިއާއެވެ. އަދި ލަގްޒަމްބާގް އިން ވަނީ 1-0 އަކުން ބެލާރޫސް ބަލިކޮށްފައެވެ. މި ގްރޫޕުގެ އެއްވަނައިގައި 16 ޕޮއިންޓާއެކު ފްރާންސް އޮތްއިރު ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ސުވިޑެންއެވެ.

ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ބީގައި ޕޯޗުގަލްއާ ފެރޯ އައިލެންޑްސް ވާދަކުރި މެޗު ޕޯޗުގަލްއިން ކާމިޔާބު ކުރީ 5-1 އަކުންނެވެ. ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިމެޗުގައި ޕޯޗުގަލްއަށް ހެޓްރިކެއް ކާމިޔާބު ކޮށްދިން އިރު ވިލިއަމް ކަވާލިއޯ އަދި ނެލްސަން އޮލިވޭރާ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބު ކޮށްފައެވެ.

މި ގްރޫޕުގައި ހަންގޭރީ އަދި ލެޓްވިއާ ބައްދަލުކުރި މެޗު 3-1 އަކުން ކާމިޔާބު ކުރީ ހަންގޭރީއެވެ. އަދި ސުވިޒަލޭންޑްއިން ވަނީ 3-0 އަކުން އެންޑޮރާ ބަލިކޮށްފައެވެ. މި ގްރޫޕުގެ އެއްވަނައިގައި 21 ޕޮއިންޓާއެކު ސުވިޒަލޭންޑް އޮތްއިރު ދެވަނައިގައި 18 ޕޮއިންޓާއެކު އޮތީ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއެވެ.

ގްރޫޕް އެޗްގައި ބެލްޖިއަމްއިން ވަނީ 9-0 އަކުން ޖިބްރަލްޓާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ޑިފެންޑާ ތޯމަސް މިއުނިއާ އަދި ރޮމެލޫ ލުކާކޫ ވަނީ ކޮންމެ ކުޅުންތެރިޔަކުވެސް ތިން ލަނޑު ޖަހާ ހެޓްރިކްހަދާފައެވެ. މި ކުޅުންތެރިންގެ އިތުރުން ބެލްޖިއަމްއަށް ލަނޑުތައް ޖަހައިދީފައި ވަނީ ޑްރައިސް މާޓެންސްއާ އެކްސެލް ވިޓްސެލްގެ އިތުރުން އެޑެން ހެޒާޑެވެ.

މި ގްރޫޕުގައި ގްރީސްއާ އެސްޓޯނިއާ ވާދަކުރި މެޗު 0-0 އަކުން އެއްވަރުވިއިރު ސައިޕްރަސްއިން ވަނީ އަމިއްލަ ގައުމުގައި 3-2 އަކުން ބޮސްނިއާ ހަޒޮގޮވީނިއާ ބަލިކޮށްފައެވެ. މި ގްރޫޕުގެ އެއްވަނައިގައި 19 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު ދެވަނައިގައި ގްރީސް އޮތީ 13 ޕޮއިންޓާއެކުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް