ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 13:54
ޓެކްސަސްގެ ފެންބޮޑުވެފައިވާ ސަރަހައްދެއް
ޓެކްސަސްގެ ފެންބޮޑުވެފައިވާ ސަރަހައްދެއް
ސީ.އެން.އެން
ތޫފާން ހާވީ
ޓެކްސަސް އަށް ކުއްލި އެހީ ހޯދުމަށް ކޮޮންގްރެސްގައި އެދޭނަން: ވައިޓް ހައުސް
 
ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސް އަށް އެދިވަޑައިގަންނަވާނީ 5.9 ބިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް

އެމެރިކާގެ ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ސަބަބުން ގެއްލުންވެފައިވާ ފަރާތްތަކަށް ކުއްލި އެހީ ދިނުމަށް އެދި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އަށް އެދޭނެ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސް އަށް އެދިވަޑައިގަންނަވާނީ 5.9 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށެވެ. ޓެކްސަސްގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވާގޮތުން ޓެކްސަސް އަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުއްލި އެހީގެ ގޮތުގައި 125 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެއެވެ.

ތޫފާން ހާވީ އެރުމާ ގުޅިގެން ޓެެކްސަސްގައި އަދިވެސް ފެންބޮޑުވަމުންދާ އިރު، މިހާތަނަށް ތޫފާން އެރުމާ ގުޅިގެން 39 މީހަކު މަރުވެފައިވެއެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސްގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ކުރައްވާފައެވެ.

ޓެކްސަސްގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްްޕް ވިދާޅުވީ "މިހާތަނަށް އެއްވެސް މިހާކަށް މިފަަދަ ކަމެއް ފެނިފައިނުވާ ކަމަށާއި" ތޫފާން ހާވީގެ ކަންކަން ނިމި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެންމެން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ތޫފާން ހާވީ އެރުމުގެ ސަބަބުން ޓެކްސަސް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ހިއުސްޓަން އަށް އެކަނިވެސް 50 ބިލިއަން ޑަލަރުގެ ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް