ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 14:43
ޒަވަރޭވް އަދި ފެޑެރާ
ޒަވަރޭވް އަދި ފެޑެރާ
ބީބީސީ
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ޒަވަރޭވް ކެޓިއިރު ޝަޕަވަލޯވް މޮޅުވެއްޖެ
 
ޝަޕަވަލޯވް ވަނީ ތިންވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ
 
ޒަަވަރޭވް ވަނީ ކޮރިޗް އަތުން ބަލިވެ މުބާރާތުން ކަޓާފަ

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގައި ޒުވާން ޓެނިސް ކުޅުންތެރިޔާ ޝަޕަވަލޯވް މޮޅުވިއިރު އެލެކްޒެންޑާ ޒަވަރޭވް މުބާރާތުން ކަޓައިފިއެވެ.

ފިރިހެން ސިންގަލްސް އިވެންޓުގެ ގިނަ މެޗުތަކެއް ވާރޭގެ ސަބަބުން ލަސްކުރެވިގެން ދިޔައިރު މި ދެ ކުޅުންތެރިންގެ މެޗުތަށް ކުޅެވުނީ ބުދަ ބުރާސްފަތި ދުވަހުއެވެ.

ކެނެޑާގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ޑެނިސް ޝަޕަވަލޯވް ތިންވަން ބުރަށް ދަތުރުކުރީ މުބާރާތުގެ އަށް ވަނައަށް ސީޑު ކުރެވިފައިވާ ފްރާންސްގެ ޖޯ ވިލްފްރީޑް ސޮންގާ ބަލިކުރުމަށް ފަހުއެވެ. ޝަޕަވަލޯވް މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެގޮތުން އޭނާ މި މެޗުގެ ސެޓުތަށް ގެންގޮސްފައިވަނީ 6-4، 6-4 އަދި 7-6 އަކުންނެވެ.

މިއީ 18 އަހަރުގެ ޝަޕަވަލޯވް ޔޫެއެސް އޯޕަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިއަަހަރު އޭޓީޕީ ވޯލްޑް ޓުއާގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައޭލް ނަދާލްވެސް ބަލިކޮށްފައެވެ. ތިންވަނަ ބުރުގައި ޝަޕަވަލޯވް ބައްދަލު ކުރާނީ އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑާއެވެ.

ޔޫއެސް އޯޕަންގެ ހަތަރު ވަނަ ސީޑު ކަމަށްވާ ޖަރުމަނުގެ އެލެކްޒެންޑާ ޒަވަރޭވް ވަނީ މުބާރާތުން ކަޓާފައެވެ. އޭނާ މި މުބާރާތުން ކަޓާފައިވަނީ ކްރޮއޭޝިއާގެ ބޯރިން ކޮރިޗް އަތުން ތިން ސެޓު އެއް ސެޓުން ބަލިވެގެންނެވެ. ފުރަތަމަ ސެޓު 6-3 އަކުން ޒަވަރޭވް ގެންދިޔަ ނަމަވެސް ކޮރިޗްވަނީ ފަހު ތިން ސެޓު 7-5، 7-6 އަދި 7-6 އަކުން ގެންގޮސްފައެވެ.

މިއަހަރުގެ އޭޓީޕީ ވޯލްޑް ޓުއާގައި ޒަވަރޭވް ފަސް މުބާރާތް ކާމިޔާބު ކުރިނަމަވެސް އޭނާއަށް އެއްވެސް ގްރޭންޑް ސްލޭމެއްގެ ގަދަ އަށަކަށް ދަތުރު ކުރެވިފައެއް ނުވެއެވެ. ޒަވަރޭވް ވަނީ މިއަހަރުގެ ކެނެޑާ އޯޕަންގެ ފައިނަލްގައި ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ވެސް ބަލިކޮށްފައެވެ.

ފިރިހެން ސިންގަލްސްގެ ތިންވަނަ ބުރުން ޖާގަ ހޯދި އިތުރު ކުޅުންތެރިންގެ ތެރޭގައި ކްރޮއޭޝިއާގެ މަރިން ސިލްޗްއާ ޖަރުމަނުގެ މިޝްކާ ޒަވަރޭވްއާ އެމެރިކާގެ ޖޯން އިސްނާ އަދި މުބާރާތުގެ ހަތް ވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ހިމެނެއެވެ.

ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފައިވަނީ ސުވިޒަލޭންޑުގެ ސްޓަން ވަަވަރިންކާއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް