ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 08:47
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
ކުނޫޒް ޖަލްސާ
އިދިކޮޅު ސިޔާސީ ފަރާތެކޭ ބުނުމަކީ މި ސަރުކާރުގައި ކުށްވެރިވާ ކަމެއް: އަސްލަމް
 
ރައްޔިތުންގެ މަޖިލިސް އޮތީ ހިސޯރުކޮށްފައި

"އިދިކޮޅު ސިޔާސީ" އެ ނަން ކިޔައިފި ނަމަ އެއީ ކުށްވެރިއަކަށް މި ސަރުކާރުގައި ވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މި ވަގުތު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީގައި ތިން ބާރު ވަކިވެފައި އޮންނަނީ އެއް ބާރުން އަނެއް ބާރަށް އަރައިގަންނަން ނޫން ކަމަށާއި އެހެން ނަމަވެސް މިއަދު ފެނިގެންދާ މަންޒަރަކީ ރައްޔިތުންގެ މަޖިލީސް ޑިފެންސް މިނިސްޓްރީގެ ހުއްދައަކާއި އެކު މަޖިލިސް ހުޅުވިގެންދާ މަންޒަރުކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އޮތީ ބަންދުކޮށް، ހިސޯރުކޮށްފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރު އަދާކުރަނީ ކިހިނެއްތޯ އަސްލަމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ސުޕްރީމް ކޯޓް ހުޅުވިގެންދަނީ ހޯމް މިނިސްޓްރީގެ ހުއްދައާއެކު ކަމަށާއި ސުޕްރީމް ކޯޓްގެ ހުރިހާ ތަޅުދަނޑި ފަތިތަކެއްވެސް ޑިފެންސް މިނިސްޓްރީން ގެންގޮސްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ ތަސްތީޤު ކުރެވިގެންދިޔައީ ގިނަ ގޮންޖެހުންތަކާއެކު ކަމަށް ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ދަޢުލަތުގެ ހުއްދައަކާއި ނުލައި، އެއްވެ އުޅެވިދާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެވިފައި ވަނީ އޮޅުމަކުން ނޫންކަމަށެވެ. މިވެރިކަމުގައި ގިނަ ބަޔަކު މަރާލާފައިވާއިރު، ގިނަ މައްސަލަތަކެއް އަދިވެސް އޮތީ ތަހްޤީޤް މަރުހަލާގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"ރައީސް ޔާމީންއާ ދިވެހި ރައްޔިތުން އަރާ ހަމަކުރާނެ. ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ. ރައީސް ޔާމީންގެ ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދާދި އަވަހަށް ނެތި ނިމިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ބަންދުގައިވާ ކަމަށާއި ޝަރީޢަތުގައި ކުރަންޖެހޭ މަސައްކަތްތަކަކީ ސިޔާސީ އިސްވެރިންގެ ޝަރީޢަތްތައް ކުރުންކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް